އަތޮޅުތަކުގެ 127 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އަތޮޅުތަކުގެ 127 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ގުޅުންހުރި

އަތޮޅުތަކުގެ ރަށްރަށުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން 127 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފިއެވެ.

ބަލިމީހުން އުފުލުމަށް ބޭނުންވާ އެމްބިއުލާންސް ނެތުމުގެ މައްސަލައަކީ ވަރަށްގިނަ ރަށްރަށް ދިމާވެފައިވާ މައްސަލައެކެވެ. މިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެންވަރު ރަނގަޅު އަވަސް ފަރުވާގެ ނިޒާމު އަތޮޅުތަކުގައި ހަރުދަނާކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްބިއުލާންސް ނެތް ރަށްރަށް ވަރަށް ގިނަކަމަށެވެ. އަދި އެމްބިއުލާންސްތައްހުރި ގިނަ ރަށްރަށުގައިވެސް އެތަކެތި ހުރީ ބޭނުންނުކުރެވޭ ހާލަތުގައިކަމަށް މިއުވާން ވިދާޅުވިއެވެ.

މިކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން 127 ރަށަކަށް މިހާތަނަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާނެކަމަށް މިއުވާން ވިދާޅުވިއެވެ. މީގެއިތުރުން ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ 8 ޕެރަމެޑިކް އެމްބިއުލާންސް ވަރަށް އަވަހަށް ލިބޭނެކަމަށާ، މި އެމްބިއުލާންސްތަކުގެ އިތުރުން، ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ 20 އެމްބިއުލާންސެއް 3 މަސްތެރޭގައި ލިބޭނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މި އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިވަގުތު އެމްބިއުލާންސްގެ ބޮޑެތި މަރާމާތުތައް ކުރަންޖެހިފައި ރަށްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ