ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "ސްތްރީ" އަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ހޮރޯ-ކޮމެޑީ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކުރި ފިލްމެކެވެ.
މި ފިލްމް އަކީ ލީޑުން ރާޖްކުމާރު ރާއޯ، ޝްރައްދާ ކަޕޫރު، ފެނިގެންދާ ފިލްމްއެކެވެ. މީގެ އިތުރު ކާސްޓުގަި ޕަންކަޖް ތުރިޕަތީ، އަޕަރްޝަކްތީ ކުރާނާ އަދި އަބީޝެކް ބެނާޖީވެސް ހިމެނެއެވެ.
"ސްތްރީ 2″ ގެ ލީޑުން ޝްރައްދާ އާއި އެކުގައި ރާޖް ގެ އިތުރުން ވަރުން ދަވަން ވެސް ފެނިގެން ދާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނުސްތަކުން ވަނީ ބުނެފައިއެވެ. ވަކި ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް ފިލްމް 2024 ގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް ވެއެވެ.
"ސްތިރީ" އަދި "ބޭޅިޔާ" ގެ ޑައިރެކްޓަރަކީ މިފަދަ ފިލްމް ތަށް ގެނެސްދޭ ކުޅަދާނަ ޑައިރެކްޓްރު އަމަރް ކޯޝިކްއެވެ.