ގަރލް ގައިޑް އެސޯސިއޭޝަނުންގެ "އީދު ޕްރޮޖެކްޓް" މިއަހަރުވެސް ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި

ގަރލް ގައިޑް އެސޯސިއޭޝަނުންގެ "އީދު ޕްރޮޖެކްޓް" މިއަހަރުވެސް ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި

Author
އަޒްފާ ރަޝީދު
13 އޭޕްރިލް 2023 07:57
0

ގަރލް ގައިޑް އެސޯސިއޭޝަނުން ކުރިއަށްގެންދާ "އީދު ޕްރޮޖެކްޓް" މިއަަހަރުވެސް ކުރިއަށްދާނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައިކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ގަރލް ގައިޑް އެސޯސިއޭޝަނުން 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ހަރަކާތަކީ އެސޯސިއޭޝަންގެ ޒުވާން ލީޑަރުން އިސްނަގައިގެން، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގޮސް އެތަނުގައި ތިބޭ މީހުންނަށް ހަދިޔާ ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެސަބަބުން ގައިޑުންނަށް އަމިއްލަ ނަފްސު ކުރިއެރުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ދިރިއުޅޭ މީހުން އީދު އުފަލުގައި ބައިވެރިކުރުން ކަމަށް ގަރލް ގައިޑް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އީދު ޕްރޮޖެކްޓަކީ ޔަންގ ލީޑަރުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އީދު ޕްރޮޖެކްޓް ކުރިއަށްގެންދާތާ އަހަރުތަކެއް ވެފައިވާއިރު މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ގަރލް ގައިޑް އެސޯސިއޭޝަނުން ބުނެއެވެ. އެގޮތުން ސްޕޮންސަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި ސޯޝަލް މީޑިއާއިން ވެސް އެހީތެރިކަން ލިބޭ ކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.