ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް މިސަރުކާރުން ކަށަވަރު ކޮށްދޭނެ: މިއުވާން

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް މިސަރުކާރުން ކަށަވަރު ކޮށްދޭނެ: މިއުވާން

Author
އަޒްފާ ރަޝީދު
13 އޭޕްރިލް 2023 08:48
0

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުރު ނޫހުގެ ނޫސްވެރިއަކަށް އަދި އެޑިޓަރަކަށް އިންޒާރުދިން މައްސަލަ މިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް އެކަން ބެލުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާގޮތާއި ގުޅޭގޮތުން އެއްޗެއް ދަންނަވާނީ ފުލުހުން ކަމަށެވެ.

މިއުވާން ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ސަރުކާރުން ފުއްދަމުން ގެންދާނެކަމަށެވެ. އަދި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަންފީޒުކުރަމުންދޭތޯ ސަރުކާރުން ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމްގެ ކުންފުންޏާއި ހިލްޓަންގެ އާއި ދެމެދު ހިނގަމުންދާ މައްސަލައާއި ގުޅިގެން ޝާއިއު ކުރި ހަބަރަކާ ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދީފައިވާއިރު އެ މައްސަލަ ބަލައިދިނުމަށް ނޫސްވެރިންގެ ޖަމިއްޔާއިންވެސް ގޮވާލާފައިވެއެވެ.

މިމައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން އިތުރުވެފައިވަނީ ސިޔާމްގެ އެމްޑީއޭއަކީ ރައީސް ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ޕާޓީއަކަށް ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
މީކިހާދުވަހެެއްގެެ ސަރުކާރެއްބ؟