ރެސިޕީ 47: ވޯޓާމެލަން ސުލަޝީސް

ރެސިޕީ 47: ވޯޓާމެލަން ސުލަޝީސް

ދިވެހިންނަށް ރޯދަ މަހަކީ ކަރާގެ މަހެކޭ ބުނެވިދާނެއެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް އެންމެ ކުރީ ސަފުން ޖާގަ އަބަދު ވެސް ހޯދާ އެއްޗަކަށް ކަރާ ވަނީ ވެގެން ގޮސްފައިއެވެ. ކަރާ ފަނި ތައްޓެއް ބޮއެ ނުލެވި ރޯދަ މަހެއް ނިންމާ ލުމަކީ ވާނެ ކަމެއް ނުނެވެ.

މިއަދު މިގެެނެސްދެނީ ކަަރާއިން ތައްޔާރު ކުރެވިދާނެ ބުއިމެކެވެ. މިއީ ވޯޓާމެލަން ސުލަޝީސް އެވެ. މިއީ ތާޒާކަން ގެނެސްދޭނެ ބުއިމެކެވެ. ކަމުދޭތޯ މި ރޯދަ މަހު ތައްޔާރު ކޮށްލަބަލާށެވެ.

ބޭނުން ވާނެ ތެކެތި:

180 ގްރާމް ކާސްޓާ ސުގާ

130 އެމްއެލް ފެން

1 ލުނބޯ ޖޫސް (މީޑިއަމް ސައިޒް)

500 ގްރާމް ގަނޑު ކުރި ކަރާ

500 ގްރާމް ގަނޑު ކުރި ރާސްބެރީ

100 އެމް އެލް ސްޕްރައިޓް

މިންޓް ލީފްސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ހަކުރު ކޮޅު އަދި ފެން ފޮދު އަޅައިގެން ކައްކައި ލަށެވެ. ހަކުރު ކޮޅު ރަނގަޅަށް ވިރެންދެން ކައްކައިލުމަށް ފަހު އުދުން މަތިން ބާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ލުބޯ އަދި މިންޓް ކޮޅު އަޅައި އެއްކޮށްލުމަށް ފަހު ހިހޫ ކުރުމަށް ބަހައްޓާށެވެ.

މިކްސަރަށް ކަރާ، ރާސްބެރީ ސްޕްރައިޓް  އަދި ކެއްކި ހަކުރު ތެލިން 3 މޭޒުމަތީ ސަމުސާ ހަކުރު އެޅުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ. އެއަށް ފަހު ތައްޓައް އަޅައި މިންޓް ލީފްއަކުން ގަނޭޝް ކޮށްލުމަށް ފަހު ސާވް ކުރާށެވެ. މީ ގަނޑުކުރި ކަރާ އަދި ރާސްބެރީ ބޭނުން ކުރާ އެއްޗެއް ކަމުން ފިނި ނުކުރިއަށް އެންމެ ރަނގަޅުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *