މަސްތުވާތަކެއްޗަށް ސްކްރީން ކުރެވޭ ނިޒާމެއް މަޖިލީހުގައި ޤާއިމް ކުރުމަށް ގޮވާލައިފި

މަސްތުވާތަކެއްޗަށް ސްކްރީން ކުރެވޭ ނިޒާމެއް މަޖިލީހުގައި ޤާއިމް ކުރުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސްތުވާތަކެއްޗަށް ސްކްރީން ކުރެވޭ ނިޒާމެއް ގާއިމް ކުރަން ޖެހިފައިވާކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚުޔ ޒައިދު މިހެން ވިދާޅުވީ އިއްޔެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކާށިރޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހުގައި ހަޑިހުރުބަހުން ވާހަކަދައްކައި، މެމްބަރުންނަށް އުދަނގޫކޮށް، މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލާގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝައިޚު ޒައިދު ވަނީ މީގެ ކުރިންވެސް ޖާބިރުގެ އަމަލުތަކާއި ގުޅިގެން މަޖިލީހުގައި މަސްތުވާތަކެއްޗަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ގޮވާލާފައެވެ. އަދި އިއްޔެގެ އަމަލުތަކާއި ގުޅިގެން ޒައިދު ވިދާޅުވީ މިއީ ބަރަކާތްތެރި ރަމަޟާން މަހަށް ވާއިރު މިމަހުގައިވެސް މަޖިލިސް ތެރެއިން ފެނިގެންދަނީ ބަލަން ނުކެރޭ އަދި އަޑުއަހަން ނުކެރޭފަދަ މަންޒަރާއި، އަޑުތައް ކަމަށެވެ. މިކަމަށް ނިމުމެއް ގެނައުމަށް މަޖިލީހުގައި މަސްތުވާތަކެއްޗަށް ސްކްރީން ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ސްކްރީން ކުރެވޭ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގައި އެބަ ޖެހޭ ޤާއިމް ކުރަން. ފެންނަމުންދާ މަންޒަރާއި ވާހަކަތަކަކީ ހަމަ ބޮޑުވަރު! މިއީ ރަމަޟާން މަސްވިއްޔާ!

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

މަޖިލީހުގައި އިއްޔެގެ ބަހުސް ކުރިއަށް ދަނިކޮށް ޖާބިރު އަޑުގަދަކޮށް ހަޑިހުތުރު އެއްޗެހި ކިޔަން ފެށީ ފުރަތަމަ ނިޒާމީ ނުކުތާއަކަށް ފުރުސަތު ނުދިނުމުންނެވެ. ފަހުން މަޖިލީހުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޖާބިރުވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުތުރުވާގޮތަށްވެސް ބަސްތައް ބޭނުންކޮށްފައެވެ. އެވަގުތު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ.

ޖާބިރު ހަޑި ހުތުރު ބަސްތައް ބޭނުންކުރަން ފެށުމުން އެކަން ހުއްޓުވުމަށް ރިޔާސަތުން މަސައްކަތް ކުރެއްވި ނަމަވެސް މަޖިލީހަކީ "ކެނެރީގޭ އައްޑާއެއް" ނޫންކަމަށް ވިދާޅުވެ ޖާބިރު ގެންދެވީ އަޑު ގަދަ ކުރައްވަމުންނެވެ. އެންމެފަހުން ރިޔާސަތުން ޖެހުނީ ޖާބިރު ހުއްޓުވަން ނަން އިއްވާ މެޖިލީހުން ބޭރު ކުރާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *