ރެސިޕީ 46: މެކް އެންޑް ޗީޒް

ރެސިޕީ 46: މެކް އެންޑް ޗީޒް

މިއަދަކީ ރޯދަ މަހުގެ ފަހު ހުކުރު ދުވަހެވެ. މި ބަރަކާތްތެރި ރޯދަ މަސް އަޅުގަނޑު މެންނާއި އަލްވަދާއު ކިޔާއިރުގައި ހާސިލު ކުރަން ބޭނުން ވި ގިން ކަންތަށް ތަކެއް ހާސިލު ވި ކަމަށް އުންމީދު ކުރަމެވެ.

ރޯދަ މަހެއް ނިމިގެން ދާއިރުގައި ކޮންމެ ގެއެއްގެ ވެސް ބަދިގެގައި ތަފާތު އެއްޗެހި ތައްޔާރު ކުރާނެ ކަމާ މެދުގައި ޝައްކެއް ނެތެވެ. މިއަދު ގެ ރެސިޕީ މިހާއްސަ ކޮށްލަނީ މިއަދަކީ ހުކުރު ދުވަސް ކަމުން ދުވަހާއި ގުޅުވައިގެންނެވެ. އެގޮތުން ކުދި ބޮޑު އެންމެ ގޭގައި އާންމު ކޮން އުޅޭ ދުވަހެއް ކަމުން މިއަދު މެކް އެންޑް ޗީޒް ތައްޔަރު ކޮށްލު ކިހިނެއް ވާނެ ހެއްޔެވެ.؟

ބޭނުން ވާނެ ތެކެތި:

1.5 ލީޓަރު ފެން

1 ސައިސަމުސާ ލޮނު (މެކަރޯނީ ފެނު ކައްކާއިރު އަޅަން)

200 ގްރާމް އެލްބޯ މެކަރޯނީ (ނޫނީ އެހެން ވައްތަކެއްގެ ޕާސްޓާ)

½ ޖޯޑު ލަންޗަން މީޓް ތުނިކޮށް ދިގަށް ކޮށާފައި

1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ޗެޑާ ޗީޒް

1 މޭޒުމަތީ ސަމުސާ ބަޓަރު

1 މޭޒުމަތީ ސަމުސާ ފުށް

1 ޖޯޑު އެވަންމޯ ފުލް ކްރީމް ކިރު

¼ ސައިސަމުސާ ލޮނު

1/3 މުގުރި އަސޭމިރުސް

 

ތައްޔާރު ކުރާނެ ގޮތް:

ފެން ތެއްޔަކަށް އަޅާ ބޮކިޖަހާ ކެކި ގަންނަންދެން ހޫނު ކުރާށެވެ. ކެކި ގަތީމައި ލޮނާއި މެކަރޯނީ ފެންގަނޑުގެ ތެރެއަށް އަޅާށެވެ. މެކަރޯނީ 10 މިނިޓު ވަންދެން ފެނު ކައްކާށެވެ. ދެން ފުރާނާލާފައި އެހަށް ބަހައްޓާށެވެ.

މެކަރޯނީ ކެކެމުން ދާއިރު ޗީޒް ކުދިކޮށް ކޮށާށެވެ. އަދި ލަންޗަން މީޓް ތުނިކޮށް ދިގުކޮށް ކޮށާށެވެ.

ބަޓަރާއި ލަންޗަން މީޓް ތެއްޔަކަށް އަޅާފައި މެދު ގިނީގައި ބަޓަރު ދިޔާ ވަންދެން އެތަކެތި ހޫނު ކުރާށެވެ. ދެން ހުއްޓާ ނުލާ އެއްކުރަމުން އަދި މިނިޓެއްވަރު ކައްކާލާފައި ތެލީގެ ތެރެއަށް ފުށްކޮޅު އަޅާށެވެ. އެއްކުރަމުން އިތުރު 2 މިނިޓު ކައްކާލާށެވެ.

ތެލީގެ ތެރެއަށް އެވަންމޯ ފުލް ކްރީމް ކިރާއި، ލޮނާއި އަސޭމިރުސް އަޅާށެވެ. ބޮކިޖަހާ ކެކި ތެލީގައި ހުރި ތަކެތި އޮމާން ވަންދެން ގިރަމުން ކައްކަމުން ގެންދާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 3 މިނިޓެވެ.

ތެލީގެ ތެރެއަށް ޗީޒް އަޅައި ރަނގަޅަށް އެއްވަންދެން ގިރަމުން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 4 މިނިޓެވެ.

ކައްކާފައި ހުރި މެކަރޯނީތައް ތެލީގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއިރުން އެ ނިމުނީއެވެ. ދެން ހޫނުކޮށް ހުއްޓައި ކާލާށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *