މި ބަރަކާތް ތެރި ރޯދަ މަސް ނިމުމަކަށް އަންނަ އިރުގައި މިއަދު މިގެެނެސް ދެނީ ކަދުރާއި ޗޮކްލެޓް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވިދާނެ ރެސިޕީއެކެވެ. މީ މިހާރު ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައިވާ ރެސިޕީއެއް ވެސް މެއެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު މި ޗޮކްލެޓް ޑޭޓްސް ގައި ލަނީ ސްނިކާސް ޗޮކްލެޓް ގެ ރަހަމަކަށް ބުނެވެއެވެ. އެހެން ކަމުން ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިލުމަށް މިއަދު ތައްޔާރު ކޮށްލަބަލާށެވެ.
ބޭނުން ވާނެ ތަކެތި:
6 ކަދުރު
6 ސައި ސަމުސާ ޕީނަޓް ބަޓާ
ޗޮކްލެޓެއް (މެދު ސައިޒުގެ ކަމުދާ ވައްތަރެއްގެ)
ނަޓްކޮޅެއް (ކަމުދާ ވައްތަރެއްގެ)

ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ހުރިހާ ކަދުރެއްގެ ވެސް މެދުން ފަޅައިލާށވެ. ނަމަވެސް ދެފަޅި ވަކި ނުވާ ވަރަށެވެ. އެއަށް ފަހު ކަދުރުގެ ތެރެއަށް ޕިނަޓް ބަޓާ ފިލް ކޮށްލުމަށް ފަހު ކަދުރު ލައްޕައިލާށެވެ. އެއަށް ފަހު ޗޮކްލެޓް ކޮޅު މެލްޓް ކޮށްލުމަށް ފަހު ޗޮކްލެޓް ކޯޓެއް ކަދުރުގައި ލާށެވެ. ޗޮކްލެޓުން ކަދުރު ރަނގަޅަށް ކަވަރުކޮށްލަން ވާނެއެވެ. ދެން މައްޗަށް ބޭނުން ވައްތަރެއްގެ ނަޓްސްކޮޅެއް އަަޅައި ފްރިޖް އަށް ލާށެވެ.
ކޮމެންޓު ފޮނުވާ