ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބެންފީކާ ދަނޑުގައި 2-0 އިން އެ ޓީމު އަތުން މޮޅުވެ، އިންޓަ މިލާން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
އިންޓަ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ލަޓާރޯ މާޓީނޭޒް އާއި އެޑިން ޖެކޯ އަށް ގުޅިގެން އެޓޭކެއް ކުރަން ލިބުނު ފުރުސަތުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އިންޓަ އަށް މެޗުގައި ލީޑުނަގައިިދިނީ 51 ވަނަ މިނިޓްގައި އެ ޓީމުގެ .މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ. މިއީ އަލެސަންދްރޯ ބަސްޓޯނީ ނެގި ހުރަހަކަށް އަރައި ބަރޭލާ ބޮލުން ޖެހި ގޯލެކެވެ.
އިންޓަ އިން ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއް ވެސް ޖަހައިފައެވެ. ކުރިން އިންޓަ އަށް ކުޅުނު ޕޯޗުގީސް ވިންގް، ޔާއޯ މާރިއޯ އޭރިއާތެރެއިން އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ރޮމެލޫ ލުކާކޫ ވަނީ ކާމިޔާބުކޮށްފައެވެ.
ދެ ވަނަ ހާފުގައި ބަދަލަަކަށް ކުޅެން އެރި ލުކާކޫ ވަނީ މެޗުގެ 82 ވަނަ މިނިޓްގައި ލިބުނު މި ޕެނަލްޓީ ގޯލަށް ވައްދާލައިފައެވެ. މެޗުގެ ފަހުކޮޅުގައި ބެންފީކާގެ ގޮންޒާލޯ ރާމޯސް ޖެހި ބޯޅައެއް ވެސް ކީޕަރު އޮނާނާ މަތަކުރިއެވެ.
ބެންފީކާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އިންޓަ އިން ވަނީ ޗެމްޕިއަންސް ލީގުގައި މި ފަހަރު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ ވަނަ މެޗުގައި ކޮޅަށް ގޯލެއް ނުވަދެ ނިންމާލައިފައެވެ.