ސިޓީން ފެންވަރު ދައްކާލައި، ބަޔާންގެ މައްޗަށް ބޮޑު މޮޅެއް

ސިޓީން ފެންވަރު ދައްކާލައި، ބަޔާންގެ މައްޗަށް ބޮޑު މޮޅެއް

ޗެމްޕިއަންސްގެ ލީގުގެ ޗުއާޓަރ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް، މެންޗެސްޓަރ ސިޓީން މުބާރާތުގައި ސެމީ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 3-0ގެ ނަތީޖާއަކުން ބަޔާން ބަލިކޮށްގެންނެވެ. ރޭގެ މެޗާ ހަމައަށް އައިއިރު، ބަޔާން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެފައެވެ. އެކަމަކު، އެއީ ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ބަޔާނުން ދަމަހައްޓަމުން އައި މޮޅުވުުމުގެ ރެކޯޑެކެވެ. ނާގަލްސްމަން ވަކިކުުރުމުން ބަޔާނާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބަޔާން މި ވަނީ ސިޓީ އަތްދަށުވެފައެވެ.

އަންނަ ހަފްތާގައި ބަޔާން ދަނޑުގައި ކުޅޭ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުން މަދުވެގެން ތިން ގޯލުގެ ފަރަގުން ސިޓީ އަތުން މޮޅުވެގެން ނޫން ގޮތަކަށް ބަޔާނަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ ފެށިގެން 27 ވަނަ މިނެޓުގައި ބުރެނާޑޯ ސިލްވާ ތަނަވަސްކޮށް ދިން ބޯޅައަކުން ރޮޑްރީއެވެ. މިގޯލަށްފަހު، ބަޔާންއިން ވަނީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ ބަޔާން އަށް ނަތީޖާ ހަމަހަމަ ނުވެވިއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުވެފައި ނުވުމުން ބަޔާންއިން ވަނީ ދެވަނަ ހާފްގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އުފެއްދި ހަމަލާއަކުން ގޯލެއް ކާމިޔާބު ނުވުމުގެ ފައިދާ ލިބި، މެޗުގެ 70 ވަނަ މިނެޓުގައި އާލިން ހާލަންޑް ތަނަވަސްކޮށް ބޯޅައަކުން ބާނަންޑޯ ސިލްވާ ވަނީ ގޯލެއް ޖަހާދީ، މެޗުގެ ނަތީޖާ 2-0 އަށް ހަދައިދީފައެވެ. މެޗުގައި ސިޓީން ޖެހި 3 ވަނަ ގޯލަކީ 76 ވަނަ މިނެޓުގައި ޖޯން ސްޓޯންސް ތަނަވަސްކޮށް ބޯޅައަކުން ހާލަންޑް ޖަހައިދިން ގޯލެކެވެ.

މިއީ، 2016 ވަނަ އަހަރު ބަޔާންގެ ކޯޗުކަން ދޫކޮށްލި ފަހުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ މިއީ ޖަޒުބާތީ ގޮތުންނާއި ޕްރެޝަރަށް ބަލާއިރު، އޭނާ އަށް ވަރަށް އުނދަގޫ ގޮތަކަށް ދިޔަ މެޗެއް ކަމަށެވެ. އަދި މި ފަދަ މެޗަކުން ރަނގަޅު މޮޅެއް މި ހޯދީ މޮޅަށް ކުޅެގެން ކަމަށްވާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *