އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

މައްސަލަ ހުށަހެޅި ޢަލީ ޢަމްޖަދަކީ އެމްޑީޕީ މެމްބަރަކަށް ނުވާތީ މިމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި މިއަދު ވަނީ ކޯޓުން ބޭރުކޮށްލާފައެވެ. މިމައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އެމްީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓާސް ލިސްޓުގައިވެސް ނަން އޮތްކަމަށް އޭނާގެ ވަކީލް ދިޔާނާ ސައީދު ވިދާޅުވާތީ ހުކުމުގައި ބުނެފައިވަނީ ޗެއާޕާސަން އިންތިޚާބުގެ ވޯޓާސް ލިސްޓުގައި އޭނާގެ ނަން އޮތް ނަމަވެސް އިލެކްޝަންގެ ދަފްތަރުގައި އަމްޖަޒުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަން އިލެކްޝަނުންވެސް ކަށަވަރު ކޮށްދީފައިވާކަމަށެވެ.

މިމައްސަލަ ކޯޓުން ކުރިއަށް ނުގެންދެވޭނެކަމަށް މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމް ކުރެއްވީ މިކަންކަމުގެ އިތުރުން ކޯޓުގެ މައްސަލަ ބެލުމުގެ އިސްތިސާސް އޮތުމާއި ގުޅޭގޮތުން މަތީ މަރުހަލާގެ ކޯޓުގެ ބައެއް ނިންމުންތަކަށް ރިޢާޔަތް ކުރައްވައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28ގައި ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް %61 ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *