ގިރޯނާއިން ބާސެލޯނާ ހިފަހައްޓައިފި

ގިރޯނާއިން ބާސެލޯނާ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގިރޯނާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ދެޓީމަށް ވެސް ލިބިވަނީ ބޭކާރުވެގެން ގޮއްސައެވެ. މި މެޗުގައި ބާސެލޯނާއިން އެމީހުންގެ ރަސްމީ ކުޅުން އެހާބޮޑަށް ފެނިގެން ގޮސްފައެއް ނުވެއެވެ.

ތާވަލުހެ 11 ވަނައިގައި އޮތް ގިރޯނާއިން ބާސެލޯނާއަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި އިރު އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުން އެލްޗޭ ކައިރިން ވަނީ މޮޅުވެފައެވެ. އެއީ މި މަހުގެ ދެވަނަ ދުވަހުއެވެ. ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި މި މަހުގެ 6ވަނަ ދުވަހު ރިއަލް މެޑްރިޑު އަތުން 0-4ގެ ނަތީޖާއަކުން ބާސެލޯނާވަނީ ބަލިވެފައެވެ.

މިރޭގެ ނަތީޖާ އާއި އެކުވެސް ތާވަލަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު 28 މެޗުން ލިބުނު 72 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގައި ހަމަޖެހިލައިގެން އޮތް އިރު، ވާދަވެރި ރިއަލް މެޑްރިޑް އޮތީ، ކުޅުނު 28 މެޗުން ލިބުން 59 ޕޮއިންޓާއެކު ތާވަލުގެ ދެވަނަގައެވެ. އަދި މިރޭ ބާސެލޯނާ ހިފަހައްޓާލި ގިރޯނާ އޮތީ 35 ޕޮއިންޓާއެކު ތާވަލުގެ 11 ވަނަގައެވެ.

މި ލީގުގައި މި މަހުގެ 16ވަނަ ދުވަހު ބާސެލޯނާ ނިކުންނާނީ ގެޓަފޭއާއި ދެކޮޅަށެވެ. އަދި 23ވަނަ ދުވަހު ނިކުންނާނީ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ރޭގެ މެޗު ބެލުމަށް ބާސެލޯނާގެ ދަނޑަށް ވަތް މީހުންގެ އަދަދު 78،425އަށް އަރާ ކަމުގައި ބާސެލޯނާއިން ރިޕޯޓުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *