ރައީސް ޔާމީން ގެއަށް ބަދަލުކުރަން "ހަސަން ކުރުސީ" 11 ސަބަބު ދައްކައިފި

ރައީސް ޔާމީން ގެއަށް ބަދަލުކުރަން "ހަސަން ކުރުސީ" 11 ސަބަބު ދައްކައިފި

Author
ޢަލީ އާދަމް
10 އޭޕްރިލް 2023 11:48
0

މިހާރު 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަންޖެހޭ 11 ސަބަބެއް ރާއްޖޭގެ މަޝްހޫރު ޓްވީޓަރ ހޭންޑްލް "ޙަސަން ކުރުސީ" ހާމަކޮށްފިއެވެ. ޙަސަން ކުރުސީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުވަތަ ނަޝީދުގެ މަސްލަހަތު އޮތް އެކައުންޓެއްކަމަށް ވަރަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

ޙަސަން ކުރުސީ ވަނީ ޑޭޕެޓިޝަން ހަދައިގެން ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އަޑުއުފުލާކަމަށާ، އެގޮތަށް މިއުފުލަނީ ސަބަބުތައް ބައިވަރު ހުރީމަކަމަށެވެ. އެގޮތުން އެހެން ގައިދީންނާ ރައީސް ޔާމީނާ ތަފާތުކަމަށް ބުނެ އޭނާ ވަނީ 11 ސަބަބެއް ދައްކާފައެވެ.

ކުރީގެ 11 ސަބަބު:

1. ކުރީގައި ކުރި ހުކުމް ވަނީ ބާތިލްކޮށްފަ. އެއީވެސް އަޅުގަޑުމެން ހަމަ މިހެން ކިޔަކިޔާ ތިއްބާ. އެހެންވީމާ ނުހައްގުން ރައީސް ޔާމީން ވަނީ މިހާރުވެސް 2 އަހަރު ޖަލުގައި ހޭދަކޮށްފައި. ލިބުނު ބަދަލެއްވެސް ނެތް.
2. މުއްތަހަމަށް ހުކުމްކޮށްފައިވަނީ އެއީ ކުށްވެރިއެއްކަމަށް ބަލައިގެން. މިއީ ޖިނާއީ މައްސަލަތަކުގައި މައުސޫމު މީހެއްކަމަށް ބެލުމަށް އޮންނަ އަސާސީ އުސޫލާއި މުޅިން ހިލާފުކަމެއް.
3. މުއްތަހަމަސް ޝައްކުން ލިބޭ ހުރިހާ ފައިދާއެއްވެސް ވަނީ ހުކުމްކުރިއިރު އެކަހެރިކޮށްފައި.
4. ސުޕްރީމްކޯޓުން ކުރިން ބާތިލްކުރި ވޮޑަމުއްލާ މައްސަލައާ އެއްގޮތަށް ފަނޑިޔާރުގެ އުފެއްދުންތައް މިހުކުމްގައިވެސް ގިނަ.
5. ހުލާސާ ބަޔާނުގައި ލިޔެކިޔުންތަކާއި ގުޅިގެން އޮތީ ދައުލަތުގެ އަމިއްލަ ތަރުޖަމާއެއް. އަދި ގާޒީ ޝަކީލްވަނީ އެހުރި ގޮތަށް ކޯޓުގެ ރިޕޯޓުގަ ހުށަހަޅާފަ. މިއީ އިއްތިފާގެއް ނޫން.
6. ޖިނާއީ މައްސަލަތަކުގައި މައްސަލައެއްގެ ނިންމުމަށް ވާސިލްވާން ޖެހޭނީ "އެއްވެސް ޝައްކެއް ނެތް” މިންވަރަކަށް. އެކަމަކު ވަކީލުން ހުށަހެޅި ކަންކަމަށް ރިއާޔަތްނުކޮށް ގާޒީ ޝަކީލް މުޅި މައްސަލަ ނިންމާފައިވަނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާފައި. މިއީވެސް ޖިނާއީ މައްސަލަތަކުގައި އާންމު އުސޫލާ ހިލާފު މިންގަޑެއް.
7. ހެކިވެރިން ނުބުނާ ވަރަށް ގިނަކަންކަންވެސް ގާޒީ ޝަކީލްވަނީ ރިޕޯޓުގައި ހިމަނުއްވާފަ. މިއީ ކާކު، ކޮންއިރަކު ބުނި އެއްޗެހިކަމެއްކަން އެގޭކަށްނެތް.
8. އިސްތިއުނާފްގެ އެއް މަސްދަރަކަށް ވާނީ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހުސަރު ބަޔާންތައް ކަމަށްވާއިރު، ކޯޓުން ދޫކުރި ރިޕޯޓުގައި ދެފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައިވެސް ނެތް.
9. ހުކުމް ކުރުމުގެ ކުރިން އިއްވި ނުކުތާތަކާ ލިޔެފައިއޮތް ނުކުާތާތަކާވެސް މުޅިން ތަފާތު.
10. ކުރީގެ ހުކުމާއި ގުޅިގެން ގާޒީ ރަޝީދަށް ޕްރޮމޯޝަން ދިންގޮތަށް، ގާޒީ ޝަކީލްއަށްވެސް ވަނީ މިހުކުމާއި ގުޅިގެން ޕްރޮމޯޝަން ދީފައި. މިއީ އިއްތިފާގެއް ނޫން.
11. ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތްށްވުރެ ދިގު މުއްދަތެއް ކޯޓުން ބޭނުންކޮށްފައިވޭ.

ކުރުސީ ބުނީ މިކަންކަމަކީ އެހެން މީހުންނަށް ޝަރީއަތް ހިންގިގޮތެއް ނޫންކަމަށާ، ހަމައެކަނި އެގޮތަށް ކަންތައްކޮށްފައިވަނީ ރައީސް ޔާމީނަށްކަމަށެވެ. އެހެން ކަމުން އަޙްމަދު އަދީބު
ގޭގައި އޮވެފައި، ރައީސް ޔާމީން ކުށެއްނެތި 2 އަހަރު ވަންދެން ޖަލުގައި އޮތް ބޭފުޅަކު މި ރޯދަމަހުގެ ފަހު 10 އަކާއި، އީދާއި ޝައްވާލުމަހުގެ 6 ރޯދައަށް، އަދި ވެގެން ވަންޏާ ސުޕްރީޕް ކޯޓުން / ހައި ކޯޓުން ނިހާއީ ހުކުމެއް ކުރަންދެން ގެއަށް ބަދަލު ކުރުމަށް އެދުމަކީ އަދި ދެންނެވުމަކީ ސަބަބުވެރި އެދުމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kareem
Thaa eedh.
ޙ ޙުސެން
ތާއިދު
ޙ ޙުސައިން
ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އިބޫ ޗޯރު އަކީ ރާޖެޣެ ފަހުގެ ތާރީހުގަ ގަންހިންގާނެ ރައީސްއެއް
ދ ދުމަހުއަ
ކޮބާ މިއަށް ކޮމެންޓެއް ކޮށްލާނެ ފަރާތެއް ނެތް ދޯ ރާއްޖޭގައި ޢަދުލު އަންސާފު އޮތީ ބޮޑު ކެކުރި