މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބަތް ގަނޑެއް ކަމުގައިވާ މޮންގޮލިއަން ރައިސް ތައްޔާރު ކުރާނެ ގޮތެވެ. ވަރަށް ގިނަ ބަޔަކަށް ކަމުދާ މި ބަތް ގަނޑަކީ ހާރުދަމަށް އަދި ރަތާވީހަށް ވެސް ވަރަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.
މި ރެސިޕީ ގައި މި ކިޔައިދެނީ ބޭނުން ވާނެ މިންވަރާއި ތައްޔާރު ކުރާނެ ގޮތެވެ. އެހެން ކަމުން މި ބަތްގަނޑު ހެދުމުގެ ކުރިން އެއްފަހަރު ނަމަވެސް މި ރެސިޕީ އެއްކޮށް ކިޔައުން މުހިންމެވެ. މޮންގޮލިއަން ރައިސް ތައްޔާރު ކުރާނެ ގޮތް މިހާހިސާބުން ކިޔައިދޭނަމެވެ.

މޮންގޯލިއަން ރައީސް ތައްޔާރު ކުރާނެ ގޮތް:
ބޯތަށްޓަކަށް ކުކުޅާއި ގެރިމަހާއި ޝްރިމްޕްކޮޅު، އަދި ½ ސައިސަމުސަލުގެ ލޮނާއި، ½ ސައިސަމުސަލުގެ އަސޭމިރުހާއި ½ ސައިސަމުސަލުގެ ތެޅިމިރުސް އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށް ފާހު މޭޒުމަތީ ސަމުސަލެއްގެ ތެޔޮ ބޮޑު ތެއްޔަކަށް އަޅާ ހޫނު ކޮށްފައި ރަނގަޅަށް ތެޔޮ ހޫނު ވީމައި މަތީގައި (ފިޔަވަޅު 3 ގައި) އެއްކޮށްފައި ބެހެއްޓި ކުކުޅާއި ގެރިމަހާއި ޝްރިމްޕްކޮޅު ތެއްޔަށް އަޅާ ހުއްޓާނުލާ ތެލީގެ ތެރެ ދޭފަތަކުން ހާވަމުން 5 މިނިޓުވަންދެން ނޫނީ ހުރިހާ އެއްޗެއް ރޯފިލަންދެން ގަދަ ގިނީގައި ކައްކާށެވެ. ދެން ތަށްޓަކަށް ތެލި ހުސްކޮށްލާށެވެ.
ހުސްކުރި ތެލީގެ ތެރެއަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި ތެލުގެ ތެރެއަށް ލޮނުމެދާއި އިނގުރުކޮޅު އަޅާފައި އަނެއްކާވެސް ހުއްޓާނުލާ ތެލީގެ ތެރެ ހާވަމުން ބައި މިނިޓުވަރު މެދު ގިނީގައި ކައްކާލާށެވެ. ދެން ފިޔާކޮޅު އަޅާފައި ހަމަ އެގޮތަށް އިތުރު 2 މިނިޓުވަންދެން ނޫނީ ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ. ދެން ތެލީގެ ތެރެއަށް ކެއްކުމަށްފަހު ތަށްޓަށް ނެގި ކުކުޅާއި ގެރިމަހާއި ޝްރިމްޕްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ތެލީގެ ތެރޭގައި ހުރި ސާމާނު ދޭފަތުން އެއްކައިރި ކޮށްފައި ތެލީގެ މެދުގައި ހުސް ޖާގައެއް ހަދާށެވެ. ދެން އެ ޖާގައިގެ ތެރެއަށް 2 ބިހާއި ¼ ސައިސަމުސާ ލޮނާއި، ¼ ސައިސަމުސާ މުގުރި އަސޭމިރުހާއި، ½ ސައިސަމުސާ ތެޅި މިރުސް އަޅާށެވެ. ދެން ބިސްކޮޅު ދޭފަތުން އެއްކުރަމުން މެދު ގިނީގައި ކައްކާށެވެ. ކައްކާނީ ސްކްރެމްބަލްޑް އެގްސް ވަރަށް ކެކެން ދެނެވެ. އެވަރު ވާއިރު ބިސް ހުންނާނީ ނިކަން މަޑު ބިސްގަނޑެއް ވަރަށް ކެކިފައެވެ.
ދެން ތެލީގެ ތެރެއަށް ކެރެޓާއި، ކެބެޖާއި ތޮޅިމިރުސްކޮޅު އަޅާފައި އަނެއްކާވެސް ދޭފަތުން ތެލީގެ ތެރެ ހާވަމުން މިނިޓެއްވަރު ކައްކާލާށެވެ. ދެން ޗިލީ ސޯސް، އޮއިސްޓަރ ސޯސް އަދި ސޯޔާ ސޯސް އަދި ½ ސައިސަމުސަލުގެ ތެޅި މިރުސް އަޅާފައި ތެލީގެ ތެރެ ހާވަމުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރަމުން ބައި މިނިޓުވަރު ކައްކާލާށެވެ. ދެން ސްޕްރިންގް އަނިއަންއާއި ކަންކުން ތެއްޔަށް އަޅާފައި ހުރިހާ އެއްޗެއް އެއްކުރަމުން މިނިޓެއްވަރު ކައްކާލާށެވެ. ދެން އެއްމެ ފަހު ކަމަކަށް ފްރިޖުން ބަތްކޮޅު ނަގާފައި ތެލީގެ ތެރެއަށް އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ކައްކާލީމައި އެނިމުނީއެވެ.
ކޮމެންޓު ފޮނުވާ