ޔުވެންޓަސް އެއްވަރުވިއިރު، އިންޓަމިލާން މޮޅުވެ ދެވަނައަށް،

ޔުވެންޓަސް އެއްވަރުވިއިރު، އިންޓަމިލާން މޮޅުވެ ދެވަނައަށް،

ގުޅުންހުރި

އިޓާލިއަން ލީގުގައި އިންޓަމިލާނުން، ސަސުއޮލޯ އަތުން 3-0 އިން މޮޅުވިއިރު ޔުވެންޓަސް އާއި ބެނެވެންޓޯ 1-1 އިން އެއްވަރުވެއްޖެއެވެ.

ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ސަސުއޮލޯ ކޮޅަށް އިންޓަގެ ފުރަތަމަ ގޯލް ރޭ ޖެހީ އެލެކްސިސް ސަންޗޭޒެވެ. އިންޓަގެ ދެ ވަނަ ގޯލަކީ ސަސުއޮލޯގެ ބައިގޯލެކެވެ. އިންޓަގެ ފަހު ލަނޑު ޖެހީ ރޮބާޓޯ ގަލިއާޑިނީއެވެ. މިއީ ލީގުގައި ސަސުލޯ ބަލިވި ފުރަތަމަ މެޗެވެ. ޔުވެންޓަސް އާއި ބެނެވެންޓޯ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ކުރި ހޯދައިދިނީ އަލްވާރޯ މޮރާޓާއެވެ. ބެނެވެންޓޯ އިން އެއްވަރުކުރީ 45 ވަނަ މިނެޓުގައި ގައެޓާނޯ ލެޓިޒިއާ ޖެހި ލަނޑުންނެވެ. މިމެޗުގައި އަރާމްކުރަން ފުރުސަތު ދިނުމުގެ ގޮތުން ރޮނާލްޑޯ އަށް ފުރުސަތު ދީފައެއްނުވެއެވެ.

މެޗުގެ ފަހު ވަގުތު ޔުވެންޓަސްގެ މޮރާޓާ އަށް ވަނީ ރަތްކާޑެއް ދައްކައިފައެވެ. ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް އިން ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ފަސް މެޗުން ވަނީ އެއްވަރުވެފައެވެ.

ރޭގެ މޮޅާ އެކު އިންޓަ ވަނީ 18 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް އަރައިފައެވެ. ސަސުއޮލޯ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ތިން ވަނައިގައެވެ. ޔުވެންޓަސް އޮތީ 17 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ބެނެވެންޓޯ އޮތީ 10 ޕޮއިންޓާ އެކު 12 ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އޭސީ މިލާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *