ސިޔާސީ އޮއިވަރަށް އަންނަ ބަދަލާއި ގުޅިގެން އަމީންގެ މާނަފުން މެސެޖެއް

ސިޔާސީ އޮއިވަރަށް އަންނަ ބަދަލާއި ގުޅިގެން އަމީންގެ މާނަފުން މެސެޖެއް

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއިއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ތަރުޖަމާން އަދި ކުރީގެ ހެލްތު މިނިސްޓަރ އަމީން މާނަފުން ޓުވީޓެއް ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ އިސްވެރިންނާއިއެކު އިއްޔެ ސަން އައިލެންޑް ރިސޯޓުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ފޮޓޯތަކާއިއެކު އަމީން ކުރި ޓުވީޓުގައިވަނީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތައް މޫސުމީ ބަދަލުތަކުން މިސާލު ޖައްސަވާފައެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލާއިއެކު އިރުވައި މޫސުން ނިމި ހުޅަނގު މޫސުމާއި ކުރިމަތިލީއިރުވެސް އުޑުމަތިން ފެނިގެންދަނީ އުޖާލާ މަންޒަރުކަމަށެވެ. ސިޔާސީ ސައްލާ ތައް ސަން އައިލެންޑުގައި ކުރެވޭ މިހާލަތަކީ މޫސުމީ ބަދަލު އަންނަ ދުވަސް ވަރަށް ވީނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ނުފެންނަ ކަމަށް އަމީން ވިދާޅުވިއެވެ.

މިއަހަރުގެ އިރުވައި ނިމި ހުޅަނގުމޫސުން މިއަދު ފެށުނީއެވެ. މޫސުން ބަދަލުވިދުވަހު މިހުރެވުނީ ސަން އައިލެންޑްގައެވެ. ސިޔާސީ ސައްލާއަކަށެވެ. މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެގުމެއްވެސްނުވިއެވެ. މޫސުމަކީވެސް ޤުދުރަތުގެ ހާދަހާބޮޑު އަޖައިބެކެވެ.

– އަމީން ވިދާޅުވިއެވެ.

ނަޝީދު އިއްޔެ ސަން އައިލެންޑުގައި ގާސިމްއާއި ބައްދަލު ކުރައްވާއިރު ފިކުރެއްގެ ދިރުމުންވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީއާޢެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އަދި، ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ ހެދުމަށް ދެފަރާތުން މިހާރުވަނީ 3 ފަހަރެއްގެ މަތިން ބައްދަލުވެސް ކޮށްފައެވެ. ރިޔާސީ ރޭހުގައިި އެމްޑީޕީގެ ޓިކެޓްގައިި ރައީސް ޞާލިހު ވާދަކުރެއްވި ނަމަވެސް ރައީސް ނަޝީދު ނިންމަވާފައިވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރެއްވުމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވަނީ ގިނަ ސިޔާސީ ޕާޓީތަކަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޖޭޕީއާއިއެކު ކޯލިޝަން ހެދުމަށް އެއްބަސް ވެފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢަހާ ދިވެހިންގެ ވައިނޮޅިން ވައްކަންކުރި ވަގުކަލޭގެ މިކިޔަނީ ކީކޭ

Leave a Reply

Your email address will not be published. Required fields are marked *