އޭޑީކޭ ނާޝިދު ވިދާޅުވީ، އޭރުވެސް މިހާރުވެސް ހުންނެވީ ރައީސް ޞާލިހާއި އެކުގައިކަމަށް!

އޭޑީކޭ ނާޝިދު ވިދާޅުވީ، އޭރުވެސް މިހާރުވެސް ހުންނެވީ ރައީސް ޞާލިހާއި އެކުގައިކަމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކޮމްޕެނީގެ ވެރިޔާ އަހުމަދު ނާޝިދު ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްކަން ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވުމުގެ ގޮތުން ނާޝިދު ވަނީ އޭނާ ރައީސް ސޯލިހާ ސަލާމު ކުރައްވައިގެން ހުންނަވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެެވެ. ނާޝިދުގެ ޓްވީޓްގައި ވިދާޅުވީ "އޭރުވެސް ރައީސް ސޯލިހު، މިހާރު ވެސް ރަައީސް ސޯލިހު" ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ނާޝިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް ސޯލިހްއާ އެކު މަސައްކަތް ކުރައްވާފައެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ އަހުމަދު މޫސާ (އުއްޗު) ވެސް ވަނީ ހާމަކުރައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާއި އެމްޑީއޭ އިން ވެސް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ރައީސް ސޯލިހްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތަސް އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އޭޑީކޭނާސިދުތިހުއްނެވީރައިސްސޯލިހުއާކީމިގައުތިބިރަތްޔިތުއްތައްދަރަނިވެރިކޮއްމިގައުމުމިހާރުމިއޮއްހާލަތަޢވުރެއްބޮޑައްއިޖުތިމާއީފޭރާންހަލާކުކޮއްލުމުގެމަގުސަދުގާތާއޭމިހާރުވެސްތިބޭފުހިންގާ
    އޭޑީކޭންބޭސްފުރުވާއަށްދާކަސްޓަމަރުއްއަތުއްނަގާފީއެހާބޮޑުކޮއްފަވާއިރުވެސްތިއައުޅެނީއަދިވެސްލިބޭމައްފާކުޑަވެގެމކގައުމުހަލާކުކުރަމުއްދާއިބޫސޯލިހުއާބައެތުހިފާގެޢް)ރަތްޔިތުއްގެދުވަސްދުއްވާލުމައްތޯއޭ).އެހެއްވެއްބެކަމައްވާނަމަ).ނާސިދުއަށްސާބަސްކަލޭމެއްއަޅެފަހެމަރެއްވެސްނުވާނެތާއޭސުކުރިއްޔާނާސިދު

Leave a Reply

Your email address will not be published. Required fields are marked *