ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދައގެން އެކީގައި މަސައް ކުރުމަށްޓާކާ ކޯލިޝަދު ހެދުމަށްޓަކާ ބާއްވާ ޕާޓީ ޓީކްސްގެ ތިންވަނަ ބުރު މިރޭ ކުނޫޒްގައި ބޭއްވުމަށް ނިންމައިފިއެވެ.
ޕާޓީ ޓޯކުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 9:30 ގައެވެ. އަދި މިރޭގެ ޕާޓީ ޓޯކުސްއަށްފަހުވެސް ދެފަރާތުން މިޑިއާތަކާއި މައުލޫމާތު ހިއްސާކުރުމަށް ނިންމާފަިވަކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ޖުމުހޫރީ ޕާޓީއާއެކީ ކޯލިޝަން ހެދުމަށް އެންމެ ފަހުން ބޭއްވުނު މަޝްވަރާތަކަށްފަހު މީޑިއަތަކަށް މައުލޫމާތު ދެމުން ނަޝީދުގެ ފަރާތުން ވިދާޅުވެފައިވަނީ މަޝްވަރާ ކުރެވުނީ ރިޔާސީ އިންތިޚާބަށް ބޭނުންވާ މެނިފެސްޓޯ އެކުލަވާލުމާއި ގުޅޭގޮތުން ކަމުގައެވެ. އަދި މަޝްވަރާތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ދެފަރާޓުންވެސް އެރޭ ހާމަކޮށްފައި ވެއެވެ.
ނަޝީދުގެ ފަރާތުން ކޯލިޝަން މަޝްވަރާތައް ގާސިމް އިބުރާހިމްއާއެކު ކުރިޔަށް ގެންދަމުން ދާއިރު ޖޭޕީން މިއަދުވަނީ ކޯލިޝަން ދައުވަތު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަަށްވެސް ފޮނުވާފައެވެ. އެއާއެކު ޖޭޕީން ކޯލިޝަން ހެދުމަށް ދައުވަތުދިން ޕާޓީތަކުގެ އަދަދު މިހާރުވަނީ 6 އަށް އަރާފައެވެ. އެހެންނަމަވެސް މިހާތަނަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފިޔަވާ އެހެން އެއްވެސް ފަރާތަކުން ޖޭޕިއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެއެވެ.
މިގޮތުން ޖޭޕީން ދިން ކޯލިޝަންގެ ދައުވަތު އިދިކޮޅު ޕީޕީއެމްއާއި އަމިއްލަގޮތުން ވާދަކުރާ އުމަރު ނަސީރުގެ އިތުރުން ޑރ. މުނައްވަރު ރައްދު ކޮށްފައިވި ނަމަވެސް، ރައީސް މައުމޫން އުފައްދަވާފައިވާ އެމްއާރުއެމްއިންވަނީ ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފެއްޓުމަށް ނިންމާފައެވެ.
ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާ، ކޯލިޝަން ހެދުމަށް ޕާޓީތަކަށް ދައުވަތު ފޮނުވަމުން ގެންދާއިރު ރައީސް ސާލިހު މިހާރުވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއާއެކު ކޯލިޝަން ހަދާފައެވެ. އަދި ރައީސް ސަލިހުވަނީ އެމްއާރުއެމްއާއެކުވެސް މަޝްވަރާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ