ބާގާ އަދި ސަބްމެރިންގެ ރަހަ އެއަށް ގެނުވައިދޭ އެއްޗަކީ އެއަށް އަޅާ ސޯސްގަނޑު ކަމާއި މެދުގައި ޝައްކެއް ނެތެވެ. އަދި ސޯސްގަނޑާއި ނުލައި މި ބާވަތްތަށް ނުވެސް ހެދެއެވެ.
މިއަދު މި ގެެނެސްދެނީ ބާގާ އަދި ސަބްމެރިން އަށް އެޅުމަށް ތައްޔާރު ކުރެވިދާނެ ސޯސްއެކެވެ. މީ ކުޅި ސޯސްގަނޑެއް ކަމުން ކުޅިކޮން ކާ ބޭފުޅުންނަށް ވަރަށް ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ބޭނުން ވާނެ ތަކެތި:
1/2 ޖޯޑު މަޔޮނައިސް
2 މޭޒުމަތީ ސަމުސާ ކެޗަޕް
1 މޭޒުމަތީ ސަމުސާ ހަކުރު
1/4 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރު
1/4 މޭޒުމަތީ ސަމުސާ ޕެޕަރިކާ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓަކަށް މި ހުރިހާ އިންގްރިޑިއަންޓް އަޅައިލާށެވެ. އެއަށް ފަހު ހުރިހާ އެއްޗެއް އެކުވާނެ ހެން ސަމްސްލެއް ބޭނުން ކޮށްގެން މިކްސް ކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލަން ވާނެއެވެ. މިހާރު ހުންނާނީ ސްޕައިސީ ސޯސް ތައްޔާރު ވެފައިއެވެ.