ރެސިޕީ 30: ޗިކަން ބްރެޑް ޕޮކެޓްސް

ރެސިޕީ 30: ޗިކަން ބްރެޑް ޕޮކެޓްސް

ރޯދަމަހުގެ ފަހު 15 އާއި ހަމައަށް އާދެވުނު އިރު ޚަބަރު އޮންލައިންގެ ކިޔުން ތެރިންނަށް ތަފާތު އެކި ވައްތަރުގެ ރެސިޕީ ތަށް ވާނީ ގެނެސްދީފައިއެވެ. އެގޮތުން ރޯދަ ވީއްލާ ގަޑި އަދި ތަރާވީހާއި ހާރު ކެއުމުގައި ވެސް ބޭނުން ކުރެވިދާނެ ފަދަ ރެސިޕީތައް ވާނީ ގެނެސްދީފައެވެ.

މިއަދު މިގެނެސް ދެނީ އަނެއްކާވެސް ތަފާތު ވައްތަރެއްގެ ކާއެއްޗެއް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ޗިކަން ބްރެޑް ޕޮކެޓްސް އެވެ. މިއީ ކުޑަކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެއެވެ.

ބޭނުން ވާނެ ތަކެތި:

1 ޗިކަން ބްރެސްޓް

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ މަޔޮނައިސް

1/2 ސައިސަމުސާ އޮއިސްޓާ ސޯސް

1/2 ސައިސަމުސާ ސޯއީ ސޯސް

1/2 ސައިސަމުސާ ޗިލި ސޯސް

1/2 ސައިސަމުސާ ޓޮމާޓޯ ސޯސް

1/2 ސައިސަމުސާ ދިރި އަދި އަސޭމިރުސް ޕައުޑަރު

1/2 ސައިސަމުސާ ޗިލީ ޕައުޑަރު

1 ފިޔާ (މީޑިއަމް ސައިޒްގެ ދިގު ފޮއްޗަށް ކޮށާފައި)

ރެޑް ބެލްޕެޕާ އެއްގެ ފަޅިއެއް (ދިގަށް ކޮށާފައި)

ކެޕްސިކަމް އެއްގެ ފަޅިއެއް (ދިގަށް ކޮށާލައިފައި)

ގިތެޔޮ މިރުސް ފަޅިއެއް

ލޮނު

ޕާނަން ބޭނުން ވާނެ ތަކެތި:

6 ފޮތި ޕާން

3 ބިސް

ލޮނު އަސޭ މިރުސް

ބްރަށް ކަރަމްބްސް

ތެޔޮ (ތެލުލުމަށް)

ޗިލި ސޯސް އަދި މަޔޮނައިސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ކޮޅު ކުދި ކުދި ކޮން ކޮށައިލާށެވެ. އެއަށް ފަހު ސޯއީ ސޯސް، އޮއިސްޓާ ސޯސް، ޗިލީ ސޯސް، ޓޮމާޓޯ ސޯސް، އަސޭމިރުސް ދިރި ޕައުޑަރު އަދި މަޔޮނައިސް ކޮޅު އަޅާލުމަށްފަހު މެރިނޭޓް ކުރުމަށް ގަޑިއެއްހައި އިރަށް ބަހައްޓައިލާށެވެ.

މެރިނޭޓް ކުރުމަށް ކުކުޅު ބައްހައްޓައި ގަޑިގައި ބްރެޑް ކޮޅު ތައްޔާރު ކޮށްލުމަށް އެންމެ ފުރަތަމަ ޕާން ފޮތިތަށް ރޮށި ދަމާހެން ދަމައިލާށެވެ. އެއަށް ފަހު މެދުން ވައް ފޮއްޗެއް ކަނޑައިލާށެވެ. އެއަށް ފަހު ބިސްކޮޅު ތަޅައިލާ ތައްޓަކަށް އަޅައި ލޮނު އަދި އަސޭމިރުސް ކޮޅެއް ލާށެވެ. ތައްޔާރު ކުރި ބިސްކޮޅުގެ ތެރެއަށް ކަޑައިލި ޕާން ފޮތި ލައި ބިސް ކޯޓެއް އުނގުޅައިލާށެވެ. އެއަށް ފަހު ބްރެޑް ކަރްމަބްސް ގެ ކޯޓެއް ލުމަށްފު ތެލުލާށެވެ. އެއަށް ފަހު ހިހޫ ކުރުމަށް ބަހައްޓައިލާށެވެ.

ޕާން ހިހޫ ކުރުމަށް ބެހެއްޓުމަށްފަހު މަސްކޮޅު ތައްޔާރު ކޮށްލުމަށް ތަވައެއް އުދުން މައްޗަށް އުދައިލާށެވެ. އަދި ތެޔޮކޮޅު އަޅައިލާށެވެ. ތެޔޮކޮޅު ހޫނު ވުމުން މެރިނޭޓް ކުރުމަށް ބެހެއްޓި މަސްކޮޅު އަޅައިލާށެވެ. މަސްކޮޅު ރަނގަޅަށް ކެކުމުން ފިޔާ، ކެޕްސިކަމް، ޕެޕާ އަދި މިރުސްކޮޅު ލައިގެން ރަނގަޅަށް ވަޅޯ ކޮށްލާށެވެ. ރަނގަޅަށް ވަޅޯ ވުމުން އުދުން ނިންވައިލާށެވެ.

ޕޮކެޓް ހެދުމަށް އެންމެ ފުރަތަމަ ތެލުލި ވައް ޕާންފޮތި މެދުން ދެފަޅިއަށް އެއްވަރަށް ފަޅައިލާށެވެ. އެއަށް ފަހު ޕޮކެޓެއް ހަދައިލައި މަޔޮނައިސް އަދި ޗިލީ ސޯސް ކޮޅު އަޅައި ހަކައިލާށެވެ. ދެން ތައްޔާރު ކުރި މަސްކޮޅު އަޅާލުމަށް ފަހު މައްޗަށް މަޔޮނައިސް ކޮޅެއް އަޅައިލާށެވެ. މިހާރު ހުންނާނީ ޗިކަން ބްރެޑް ޕޮކެޓްސް ތައްޔާރު ވެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *