މާލޭގައި ހުރި ކެމިކަލް ގުދަނެއް ބަންދުކޮށް އެތަން ހުސްކޮށްފި

މާލޭގައި ހުރި ކެމިކަލް ގުދަނެއް ބަންދުކޮށް އެތަން ހުސްކޮށްފި

Author
އަޒްފާ ރަޝީދު
04 އޭޕްރިލް 2023 05:39
0

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހިންގާކަމުގެ މަޢުލޫމާތުލިބި، ކެމިކަލް ގުދަން ބަންދުކޮށް، އެތަނުގައި ހުރި އެއްޗެހި ހުސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އިއްޔެގެ ވަގުތެއްގައި މާލޭގައި ކެމިކަލް ގުދަނެއް ހިންގާކަމުގެ މަޢުލޫމާތު ލިބުމާއި އެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އެތަން ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވެފައިވާކަމަށެވެ. އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ.ގަސްކަރަގެއާ ޖެހިގެންނެވެ. މިއީ މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ.

ފުލުހުން މިއަދު ބުނީ މި ގުދަނުގައި ހުރި ތަކެތި ހުޅުމާލެއަށް މިހާރު ބަދަލުކޮށް، އެތަން މިހާރު އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެތަނުގައި ކެމިކަލް ގުދަން ހިންގި ފަރާތްތަކާއިމެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކަށްފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށް ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.