ލުބުނާ ޖޭޕީއަށް ސޮއި ކޮށްފި

ލުބުނާ ޖޭޕީއަށް ސޮއި ކޮށްފި

Author
ހުސެއިން
03 އޭޕްރިލް 2023 06:27
0

ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ހުސެއިން ޖުމުހޫރީ ޕާޓީއަށް ސޮއި ކޮށްފިއެވެ. ލުބުނާ ޖޭޕީއަށް ސޮއިކުރެއްވީ މިއަދުއެވެ.

ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިއަދު އެޕާޓީއަށް ސޮއި ކުރުމަށްފަހު ލުބުނާގެ މެމްބަރޝިޕް ފޯމު ހަވާލު ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އާއެވެ.

ލުބުނާ ޖޭޕީއަށް ސޮއި ކޮށްފައިވާއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން، އެޕާޓީގެ ފަރާތުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަ މެމްބަރުން ދަނީ އެޕާޓީ ދޫކުރަމުންނެވެ.

މިގޮތުން އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު މިއަދުވަނީ ޖޭޕީ ދޫކޮށް އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.