މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ ފުލުހުން ހަރަކާތްތެރިވަނީ

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ ފުލުހުން ހަރަކާތްތެރިވަނީ

Author
އަޒްފާ ރަޝީދު
03 އޭޕްރިލް 2023 05:42
0

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބައެއް މީޑިއާތަކުން އެ މައްސަލަ ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށް ރޭ ގެނައުމުން، އެމްއެންޑީއެފުން ބުނީ، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުންޏެވެ.

"މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާ ކަން ފާހަގަކުރެވިފައި ވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން މިކަމަށް އެޓެންޑްވަމުން އަންނަ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެންނެވެ.

މި ގުދަނުގައި ހުރި ތަކެއްޗާއެކު މީހަކު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މާލެ އިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ. އެ ހާދިސާގައި ގިނަ ބައެއްގެ ގެދޮރު ގެއްލުނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޒްރާ
ގުދަން ކުރާއިރު ފެންނަންވެސް ފެންނާނެ
ހ ހުދުހުދު
ކުރިން ދިމާވި ޙާދިސާގެ ފަހުން ސަރުކާރުން އަންގާފަ އޮއްވާ ތިޔަކަން ކުރީ ސިފައިންގެ އެހީތެރި ކަމުގައިތޯ؟ މި ސުވާލު ކުރުމުގެ ފުރުސަތު އެބައޮތް.ނޭނގި ބޮޑެތި އަދަދުން ކެމިކަލް އެތެރެ ކުރެވޭތަ؟