ޗެލްސީގެ ކޯޗު ކަމުން ޕޮޓާ ވަކިކޮށްފި

ޗެލްސީގެ ކޯޗު ކަމުން ޕޮޓާ ވަކިކޮށްފި

އިނގިރޭސި ޕްރިމިޔަރ ލީގުގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލަމުން އަންނަ ޗެލްސީގެ ކޯޗު ކަމުން ގްރެހަމް ޕޯޓާ ވަކިކޮށްފިއެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޗެލްސީގެ ކޯޗުގެ މަގާމާއި ހަވާލުވި ޕޯޓާއަށް މާ އެދެވޭ ނަތީޖާތަކެއް ހޯދައި ދެވިފައެއް ނުވެއެވެ. ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން ނުކުމެފައިވަނީ 31 މެޗަށެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، 11 މެޗުން ބަލިވީ އެވެ. އަދި އަށް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މީގެ ތެރެއިން ޕްރިމިއާ ލީގުގައި ޕޮޓާ، ޗެލްސީ ގޮވައިގެން ނުކުތް 22 މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ.

މި ސީޒަނަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމުގެ ގޮތުގައި ޗެލްސީ ފާހަގަ ކުރެވޭއިރު، އެޓީމުން ވަނީ ކުޅުންތެރިން ގަތުމަށް 600 މިލިއަން ޕައުންޓް ހޭދަކޮށްފައެވެ. މިވަރުގެ ހޭދައެއް ކުރި އިރުވެސް ޗެލްސީ އޮތީ ތާވަލުގެ 11ވަނައިގައެވެ. އެއީ ކުޅުނު 28 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ.

ޗެލްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ގްރަހަމް ޕޮޓާ ވަކި ކުރުމާއި ގުޅިގެން އެޓީމުގެ ވަގުތީ ހެޑް ކޯޗުގެ މަގާމާ ހަވާލުވާނީ އެޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބްރޫނޯ ސަލްޓޯރއެވެ.

ގްރަހަމް ވަކި ކުރުމާއި ގުޅިގެން ކޯ ކޮންޓްރޯލިން އޯނަރުން ކަމަށްވާ ޓޮޑް ބޮއެލީ އާއި ބެހްދާދު އެގްބަލީ ވަނީ ކްލަބުގެ އެންމެންގެ ނަމުގައި ގްރެހަމް ޗެލްސީއަށް ކޮށްދެއްވި ހިދުމަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. އަދި އަބަދުވެސް ޕޯޓާއަށް އިހްތިރާމު ކުރާނެ ކަމަށާއި، އަދި މީގެ އިތުރުން އޭނާގެ ޕްރޮފެޝަނަލިޒަމް އާއި ނަޒާހަތްތެރިކަންވެސް އެމީހުން ވަނީ ފާހަގަކޮށްފައެވެ.

އެމީހުން ވަނީ މިހާރު ޓީމުގެ އަމާޒަކީ ކުރިއަށް އޮތް 10 މެޗުން ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށާއި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަކީވެސް އެހާމެ މުހިންމު މެޗެއް ކަމުގައި ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން ބުރޫނޯއާއި އެކު ސީޒަން ނިންމާލާނީ ރަނގަޅު ހިސާބެއްގައި އޮވެގެން ކަމުގައިވެސް ފާހަގަކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *