ރެސިޕީ 24: ސާގު ޝޭކް

ރެސިޕީ 24: ސާގު ޝޭކް

Author
ފާތިމަތު ނާވީ
03 އޭޕްރިލް 2023 07:43
0

ސާގަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ތަތާު އެކި މުނާސަބާ ތަކުގައި ސާގުގެ ތަފާތު ވައްތަރުތަށް ތައްޔާރު ކުރުމަކީ އާންމު ކަމެކެވެ. އެގޮތުން ސާގު ބޮނޑިބަތް ސާގު ފަނި ފަދަ އެއްޗިއްސަކީ ދިވެހިންގެ މެދުގައި ކުރީޒަމާނުންސުރެ ވެސް މަޝްހޫރު އެއްޗިއްސެވެ.

މިއަދު މި ގެެނެސްދެނީ ސާގު ޝޭކްއެވެ. ނުވަތަ ސާގު މިލްކް ޝޭކްއެވެ. މީ ރޯދަ ވިއްލާ ގަޑީގައި ބޯލުމަށް ވަރަށް ކަމުދާނެ އެއްޗެކެވެ. ވަރަށް ފިނިކޮން މި ތައްޔާރު ކުރުމުން ކަރުހިއްކުން ފިލުވުމަށް އެހީތެރިވެދެއެވެ.

ބޭނުން ވާނެ ތަކެތި: 

1 ޖޯޑު ސާގު (ކައްކައިފައި ހުރި)

1 ދަޅު ގެރިކިރު

1 ޖޯޑު އިސްބަގުލް (ފެންކޮޅަކަށް އަޅައި މަސްލައްވައިފައި)

ރޯސް ސިރަޕް

އައިސް ކްރީމް (މީރު ވައްތަރެއްގެ)

އައިސްކިއުބް

ތައްޔާރު ކުރާނެ ގޮތް:

ކައްކާފައި ހުރި ސާގުން 3 ނުވަތަ 4 މޭޒުމަތީ ސަމުސާ ސާގުގެ ތެެރެއަށް ހަމަ އެއަދަދަށް ވާވަރަށް ގެރިކިރު އަޅާށެވެ. އެއަށް ފަހު 2 މޭޒުމަތީ ސަމުސާ އިސްބަލުން އަޅައި ލާށެވެ. ދެން 3 މޭޒުމަތީ ސަމުސާ ރޯސް ސިރަޕް އަޅައި ގިރާލާށެވެ. އެއަށް ފަހު އައިސް ކިއުބް ކޮޅު އަޅައިލުމަށް ފަހު މައްޗަށް ބޭނުން ވައްތަރެއްގެ އައިސް ކްރީމް އަޅައި ސާވް ކުރާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.