އިންޑިއާއާ ހަވާލުކުރި ހަތަރު ހޮސްޕިޓަލްގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް ދީފި

އިންޑިއާއާ ހަވާލުކުރި ހަތަރު ހޮސްޕިޓަލްގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް ދީފި

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 04:25
0

ރާއްޖޭގެ އުތުރާއި ދެކުނުގައި ހަތަރު ރީޖަނަލް ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏަކާ އެކު ސޮއިކުރުމަށް ފަހު މަސައްކަތް އަވަސްކުރަން ޗައިނާ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކޮށްފިއެވެ.

އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުގެ ދެ ރަށަކާއި ދެކުނުގެ ދެ ރަށުގައި ރީޖަނަލް ހޮސްޕިޓަލެއް އަޅާނެއެވެ. އެ ރަށްރަށަކީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ، އަދި ގއ. ވިލިނގިއްޔެވެ.

އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި 30 ގައެވެ. އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ޗައިނީސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ މަސައްކަތް ހަވާލުކުރީ ހަތަރު ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރަން ކަމަށެވެ.

އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖެއްސީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމީ 30 އެނދުގެ ހޮސްޕިޓަލެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ހިމެނޭ މި މަސައްކަތް ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.