ދަރިން އުޅޭނޫޅޭގޮތް ބަލަން ޖެހޭ، ނަމަވެސް އޯވަޕްރޮޓެކްޓިވްވުން ރަނގަޅެއް ނޫން!

ދަރިން އުޅޭނޫޅޭގޮތް ބަލަން ޖެހޭ، ނަމަވެސް އޯވަޕްރޮޓެކްޓިވްވުން ރަނގަޅެއް ނޫން!

މައިންބަފައިން، ހާއްސަކޮށް މައިން ނަކީ އެމީހުންގެ ދަރިންނަށް ހާއްސަ ކުލުނުކާއެކު ލައްވާފައިވާ ބައެކެވެ. އެމީހުން އެމީހުންގެ ދަރިން ދާތަންތަނާއި އެކުގައި އުޅެނީ ކޮންބައެއްތޯ އާއި ސަލާމަތުން ތޯ ހުރީ ޔަގީންކުރުމަށް ވަރަށް އިސްކަންދެއެވެ. ނަމަވެސް ދަރިންދެކެ ވާލޯބިން ބައެއް ކަންކަން ގޯހަށް ދާކަންވެސް ފާހަގަވެއެވެ.

ދަރިން ރައްކާތެރިކުރުމުގައި ވެސް އެކަމުގެ ހައްދުން ނެއްޓިގެން ދާ ހެން ހީވާނަމަ، އަދި އެހެން ގޮތަކަށް ބުނާ ނަމަ އޯވަޕްރޮޓެކްޓިވްވާހެން ހީވާނަމަ އެކަން މަދުކޮށްލާށެވެ. މި ކިޔައިދެނީ އޯވާ ޕްރޮޓެކްޓިވެގެން ދާ ނަމަ ވާނެ ބައެއް ކަންތަކެވެ.

ކުއްޖާ ބޭރުތެރެއަށް ނުނެރެ، ހަމައެކަނި ގޭ ތެރޭގައި ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީގެން ގެންގުޅުމަކީ ވެސް އޯވާޕްރޮޓެކްޓިވް ވުމެވެ. މިއީ ދަރިފުޅަށް ރަނގަޅަކަށް، ދަރިފުޅު ނުބައި މަގަކުން ގޮސްދާނެތީ އަމަލުކުރާ ގޮތެއް ކަމަށް ވިޔަސް މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މީގެއިތުރުން ކުއްޖާ ވެއްޓިދާނެތީ، ހާއްސަކޮށް ތުއްތު އިރު، ހިނގާ، ދުވެ ހަދަން ފަށާއިރު، ތަންތަނަށް އެރުން ހުއްޓުމަކީ ވެސް ބައެއް ބެލެނިވެރިން ކުރާކަމެކެވެ. މިކަމުގެ ސަބަބުން އެއް ފަހަރު ކާމިޔާބު ނުވުމުން ދެވަނަ ފަހަރަށް ކަންކަމާއި ކުރިމަތިލާން ދަރިފުޅު ފަސްޖެހޭނެއެވެ.

ދަރިފުޅު ދެކެ ވާ މާބޮޑު ލޮތްބެއްގެ ސަބަބުން ދަރިފުޅު ލައްވާ ކުދި ކުދި ކަންކަން ނުކުރުވުމަކީވެސް ބައެއް މީހުންކުރާކަމެކެވެ. އޭރުން ކުއްޖާ ދުވަހަކުވެސް އަމިއްލައަށް ކަންކަން ކުރަން ނުއުޅެ، މަންމަ ލައްވާ ކުރަންއުޅޭނެއެވެ.

ދެން ކުރާ ކަމަކީ ކުއްޖާ ބޭރަށް ދިއުމުން މާ ގިނަ ސުވާލުކޮށް އަބަދުހެން ގުޅުމެވެ. މީގެ އިތުރުން ދަރިފުޅުގެ ހުރިހާ ކަމެއްގައި ނުވަތަ ހުރިހާ ނިންމުން ތަކެއްގައި ބައިވެރިވެ ބަސްކިޔުންވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. މިސާލަކަށް ދަރިފުޅު ސްކޫލަށް ދާން ހެދުން އަޅާއިރު އެކަމަށް ގޮތް ކިއުމާއި، ރައްޓެހިންގެ ގޮތުގައި ގެންގުޅނޭނެ މީހުން، މައިންބަފައިން ކަނޑައެޅުން ފަދަ ކަންކަން ކުރުން ރަނގަޅެއްނޫނެވެ.

ނަމަވެސް މި ކަންކަމުގެ މާނައަކީ ދަރިން ގޯސްގޮތަކަށް ދާނަމަ ރަނގަޅުމަގަށް އަޅުވައި ނުދިނުމެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *