ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިޤައުމަށް ގެނެސްދެއްވި ތަރައްޤީ އޮތީ ސާފުކޮށް ފެންނަން ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއި އެކުގައިކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިންތިޚާބުގައި ވާދަކުރަން ނިންމި ހިސާބުން އިންތިޚާބީ ފޯރިވަނީ އިތުރަށް ބޮޑުވެފައެވެ. ޤާސިމް އިންތިޚާބުގައި ވާދަކުރައްވަން އިއުލާން ކުރެއްވި ހިސާބުން، އެޕާޓީގެ ސްލޮޓްތަކުގައި ބައެއް މަޤާމުތަކުގައިި ތިއްބެވި ބޭފުޅުން ދަނީ ޖުމްހޫރީ ޕާޓީން ވެކިވެ ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ.
ދެބައި ވެފައިވާ އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއި އެކުގައިކަމަށެވެ. ރައީސްޞާލިހުގެ މާލިމީ ކަމުގައި ދިވެހި ޤައުމަށް ގެނެސްދެއްވި ތަރައްޤީ އޮތީ ފެންނަން ކަމަށާއި، މިކަންމުގެ މައްޗަށް ބުރަވެ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނެކަމީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.
މާތް ރަސްކަލާންގެ ހެޔޮ ރަހުމަތް ގުޅުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއިއެކު. ރައީސް ޞާލިހުގެ މާލިމީ ކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްޤީ އޮތީ ސާފުކޮށް ފެންނަން.
– ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރަިއމަރީގައިވެސް ރައީސް ޞާލިހަށް ކެމްޕެެއިން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވި ޝާހިދަކީ މިސަރުކާރާއި ބައިނަލް އަގުވާމީ މަސްރަހާއޮި އޮތް ގުޅުން ބަދަހިކުރުމުގައި އެންމެމުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ޝާހިދު ވަނީ ދުނިޔޭގެ އެކި ޤައުމުތަކަށް ވަޑައިގެން ރާއްޖެއަށް ބޮޑެތި އެހީތަކެއްވެސް ހޯއްދަވައި ދެއްވާފައެވެ.
ރައީސް ޞާލިހުގެ މިސަރުކާރުގައި ޝާހިދު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. ޝާހިދަކީ ޚާރިޖީ ދާއިރާގައި މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.