ހާރޫނަކީ ހުވަދޫގައި އެމްޑީޕީ ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރި ޝަހުސިއްޔަތު: ނަޝީދު

ހާރޫނަކީ ހުވަދޫގައި އެމްޑީޕީ ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރި ޝަހުސިއްޔަތު: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 05:42
0

ހުވަދޫގައި އެމްޑީޕީ ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ވަރުގަދަ އެއް ޝަހުސިއްޔަތަކީ މިއަދު އެގްރޯނެޓްގެ އެމްޑީގެ މަޤާމުން ވަކިކުރި ހާރޫން ރަޝީދުކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތައް މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.

ހާރޫން ވަކި ކުރުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލުގައި ދެން ހާރުންމެންފަދަ ބޭފުޅުންނަށް ޖާގަ ނޯންނާނެ ގޮތަކަށް ކަންކަން ކުރިއަށް ނުދާނެކަމަށެވެ. ހާރޫނަކީ ހުވަދޫގައި އެމްޑީޕީ އާލާކޮށް ފެރެތުރުމަށް މަސައްކަތް ކުރެއްވި މީހުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ގއ.ވިލިނގިލި ހާރޫނަކީ ހުވަދޫގައި އެމްޑީޕީ ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ވަރުގަދަ އެއް ޝަހުސިއްޔަތު. ހާރޫން ފަދަ ބޭފުޅުންނަށް ރާއްޖޭގެ ސިޔާސީ މުސްތަގުބަލުގައި ޖާގަ ނޮންނާނެ ގޮތަކަށް ދެން އިތާދަކުރެއްވިއްޔާ ނުވާނެ.

– ހާރޫނަށް ހިތްވަރު ދެއްވައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވައި ނަޝީދުގެ ކެމްޕެއިނުގައި އުޅުއްވުމަށް ފަހު ނަޝީދާ އެކު ވަކިން ސިޔާސީ މަސައްކަތް ކުރައްވަނިކޮށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކުރައްވައިފައެވެ. އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒް ވެސް ވަނީ ދާދިފަހުން މަގާމުން ވަކިިކުރައްވައިފައެވެ. އޭނާ ވެސް ހިމެނިވަޑައިގަންނަވަނީ ނަޝީދު ފެކްޝަންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.