ރޯދަ މަހުގެ ދެވަނަ ހުކުރު އަޅުގަނޑު މެންނާއި ބައްދަލު ކުރާ އިރުގައި ހުކުރު މިއީ އަބަދުވެސް ހާއްސަ ދުވަހެކެވެ. ރޯދަމަސް ނޫން މަސްތަކުގައި ވެސް ހުކުރު ދުވަސް ހާއްސަ އެވެ. އެހެން ކަމުން ރޯދަ މަހުގައި މިދުވަހުގެ ހާއްސަކަން އަދި ވަކިން ބޮޑެވެ.
ހުކުރު ދުވަހުގެ ސުފުރާ ފަޅުފިލުވައިލުމަށް މިއަދު މި ގެނެސްދެނީ ތަންދޫރީ ޗިކަން ނާން ބަންސްއެވެ. މިއީ ވެސް ތަފާތު އެއްޗަކަށް ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. އަދި ހަމަ އެއާއި އެކުގައި ރަހަ މީރު އެއްޗެއްވެސް މެއެވެ.
ބޭނުން ވާނެ ތަކެތި:
ފުށްގަނޑަށް:
2/3 ޖޯޑު ކިރު (ފުލް ކްރީމް)
2 މޭޒުމަތީ ސަމްސާ ޔީސްޓް
1/2 2 ޖޯޑު ފުށް
3 މޭޒުމަތީ ސަމްސާ ހަކުރު
1 ސައިސަމުސާ ލޮނު
1/4 ޖޯޑު ބަޓަރު
1/4 ޖޯޑު ޕްލޭން ޔޯގަޓް
މަސްގަނޑަށް:
2 ޗިކަން ބްރެސްޓް (ކިއުބް ކޮން ކޮށާލައިފައި)
1/2 ޖޯޑު ޔޯގަޓް
1/2 ޖޯޑު ޓޮމާޓޯ (ޗޮޕް ކޮށްފައި)
1 މޭޒުމަތި ސަމްސާ އިނގުރު ލޮނުމެދު (ޗޮޕްކޮށްފައި)
ލުބޮލެއްގެ ފަޅިއެއްގެ ޖޫސް
1 ސައިސަމުސާ ރެޑް ޗިލީ ޕައުޑަރު
1/2 ސައި ސަމުސާ ޗިލީ ފްލޭކްސް
1/2 ސައި ސަމުސާ ކޮރިއެންޑާ ޕައުޑަރު
1/2 ސައި ސަމުސާ ދިރި ޕައުޑަރު
1/2 ސައި ސަމުސާ ގަރަމް މަސާލާ
1/2 ސައި ސަމުސާ ފިޔާ ޕައުޑަރު
1/2 އަސޭމިރުސް ޕައުޑަރު
ތައްޔާރު ކުރާނެ ގޮތް:
ފުށްގަނޑު
އެންމެ ފުރަތަމަ ކިރު ފޮދު ތެރެއަށް ޔީސްޓް އަޅައި ގިރާލުމަށް ފަހު ފުށްގަޑު ހެދުމަށް ބޭނުން ވާ ނެ ހުރިހާ އެއްޗެއް އަޅައި މޮޑެލާށެވެ. ފުއްގަޑު ރަނގަޅަށް މޮޑެވުމުން މަތި ޖެހޭ ތައްޓަކަށް ލުމަށްފަހު ރެސްޓް ކުރުމަށް ބަހައްޓާށެވެ.
މަސްގަނޑު
ކުކުޅު ކޮޅު ތައްޔާރު ކޮށްލުމަށް މަސްގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް ކުކުޅު ކޮޅު ތެރެއަށް އަޅައި އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް 90 މިނިޓް ނުވަތަ އެއްގަޑި އިރު މަތި ބަންދުކޮށްލާފައި ބަހައްޓާށެވެ.
ވަގުތު ހަމަ ވުމުން ތަވައެއް އުދުން މައްޗަށް އުދާށެވެ. އެއަށް ފަހު ތެޔޮ ފޮދެއް އަޅައި ލާށެވެ. އަދި ކުކުޅު ކޮޅު އަޅައި ރަނގަޅަށް ކައްކައިލާށެވެ. ކުކުޅު ކޮޅު ކެކުމުން އުދުން ނިވައިލާށެވެ. އަދި ކުކުޅު ކޮޅު ހިހޫ ވަންދެން މަޑުކޮށްލާށެވެ.
ތައްޔާރު ކުރި ފުށްގަނޑުން 12 ގުޅަ ނަގައި ކޮންމެ ގުޅައެއްގެ ތެރެއަށް މަސްކޮޅެއް ލުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. އަދި ބަން ތަކުގެ މައްޗަށް ބޭނުން ނަމަ ސެސެމޭ ސީޑް ކޮޅެއް ބުރުވައިލާށެވެ. އެއަށް ފަހު ގޯލްޑެން ބްރައުން ކުލަ އަރަންދެން އަވަނުން ފިހެލާށެވެ. ފިހެވުމުން ބޭނުންނަމަ ގާލިކް ބަޓާކޮޅެއް އުނގުޅާ ލުމުން މި ބާވަތް ތައްޔާރުކޮށް ނިމުނީއެވެ.