ޖީނާ ރޮޑްރިގޭޒް އަށް ދަރިއަކު ލިބިއްޖެ

ޖީނާ ރޮޑްރިގޭޒް އަށް ދަރިއަކު ލިބިއްޖެ

Author
ފާތިމަތު ނާވީ
29 މާރޗް 2023 11:42
0

މަޝްހޫރު ޑްރާމާ ސިލްސިލާ "ޖޭން ދި ވާޖިން" ގެ ލީޑުން ފެނިގެންދާ ބަތަލާ ޖީނާ ރޮޑްރިގޭޒްއަށް ދަރިއަކު ލިބިއްޖެއެވެ.

މަޝްހޫރު ބަތަލާ، 38، އާއި ފިރިމީހާ ޖޯ ލޮސިސެރޯ  އެމީހުން ގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަން ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫހެއް ކަމަށްވާ "ޕީޕަލް" އިން އެމީހުންގެ މެނޭޖަރާ ހަވާލާ ދީ ކަށވަރުކޮށްދީފައިއެވެ.

"އެ ދެމަފިރިންނަކީ މިހާރު ތުއްތު ކުއްޖެއްގެ ފަޚުރުވެރި މައިންބަފައިން" ކަމަށް އޭނާގެ އޭޖެންޓް އާދީއްތަ ދުވަހު އެނޫހަށް ކަށަވަރުކޮށްދީފައިއެވެ.

 

View this post on Instagram

 

A post shared by Gina Rodriguez-LoCicero (@hereisgina)

ޖޭން އާއި ޖޯ ކައިވެނި ކުރީ 2019 ވަނަ އަހަރުގައިއެވެ. ޖޭން އެކަން އިއުލާން ކުރީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައިއެވެ. މިދިއަ އަހަރުގެ އޯގަސްޓުމަހުގައި ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޭން ވަނި އޭނާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިއެވެ. ރިޕޯޓްތަށް ބުނާގޮތުގައި އޭނާ ވިހެއީ މިދިއަ އާދިއްތަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.