ޔޫއޭއީގެ 100 އިފްތާރު ޕެކޭޖް ހަދިޔާކުރަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

ޔޫއޭއީގެ 100 އިފްތާރު ޕެކޭޖް ހަދިޔާކުރަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

Author
އަޒްފާ ރަޝީދު
28 މާރޗް 2023 07:23
0

ޔޫއޭއީއިން ރާއްޖެއަށް 100 އިފްރާތް ޕެކޭޖް ހަދިޔާކޮށްފިއެވެ.

ޔޫއޭއީ ސަރުކާރުން ހަދިޔާކޮށްފައިވާ 100 އިފްތާރު ޕެކޭޖް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލުމާތުދެއެވެ.

ޕެކޭޖްތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން އަންނަނީ ރޯދަ އަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.