މައްސަލަ ހައްލުކޮށް، ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި

މައްސަލަ ހައްލުކޮށް، ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2023 10:48
0

ކަރަންޓް ކެނޑުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނީ މިއަދު އިރުއޮއްސެނިކޮށް ހިޔާ ޓަވަރު 1 އިން ފެށިގެން ހިޔާ ޓަވަރު 8 އާ ހަމައަށް ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑުނީ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗް ގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންކަމަށެވެ.

ސްޓެލްކޯއިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައިގެން ކަރަންޓް ކެނޑުނު ފްލެޓްތަކަށް މިރޭ 9:30 ހާއިރު ކަރަންޓް ދީފައިވާކަމަށެވެ.

ހިޔާ ޓަވަރުގެ ކަރަންޓު ވަޔަރިން މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެވެ. ނަމަަވެސް ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯގެ ކަރަންޓު ވިއުގައިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.