ހިޔާ ޓަވަރުތަކަށް ކަރަންޓުދޭން 3 ގަޑިއިރުވަރު ވެދާނެ: ސްޓެލްކޯ

ހިޔާ ޓަވަރުތަކަށް ކަރަންޓުދޭން 3 ގަޑިއިރުވަރު ވެދާނެ: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2023 07:17
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަކުން ކަރަންޓު ކެނޑިގެން އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ހިޔާ ޓަވަރުގެ ކަރަންޓު ވަޔަރިން މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެވެ. ނަމަަވެސް ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯގެ ކަރަންޓު ވިއުގައިންނެވެ.

ސްޓޭލްކޯއިން ބުނީ ހިޔާ ޓަވަރު 1 އިން ފެށިގެން ހިޔާ ޓަވަރު 8އާ ހަމައަށް ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. ކަރަންޓު ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުންކަމަށްވެސް ވަނީ ބުނެފައެވެ.

އެކުންފުނިން ދެންމެ ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މި މަސައްކަތަށް 3 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިމާވެދާނެ ދަތިތަކަށް ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.