ހިޔާޓަވަރުތަކުން ކަރަންޓް ސަބަބު ދެނެގަނެވިއްޖެ، މައްސަލަ ދަނީ ހައްލު ކުރަމުން: ސްޓެލްކޯ

ހިޔާޓަވަރުތަކުން ކަރަންޓް ސަބަބު ދެނެގަނެވިއްޖެ، މައްސަލަ ދަނީ ހައްލު ކުރަމުން: ސްޓެލްކޯ

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2023 07:00
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ.

ހިޔާ ޓަވަރުގެ ކަރަންޓު ވަޔަރިން މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެވެ. ނަމަަވެސް ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯގެ ކަރަންޓު ވިއުގައިންނެވެ.

ސްޓޭލްކޯއިން ބުނީ ހިޔާ ޓަވަރު 1 އިން ފެށިގެން ހިޔާ ޓަވަރު 8އާ ހަމައަށް ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. ކަރަންޓު ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުންކަމަށްވެސް ވަނީ ބުނެފައެވެ.

މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިމާވެދާނެ ދަތިތަކަށް ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެދިދަ ދަނޑި
ކޮބާތަ ކަރަންޓު ދާ ސަބަބަކީ؟؟؟ ކުރީ ސަރުކާރުތަ؟؟