ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ރޭ އިންގްލެންޑް ކުޅުނު މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައިގައި ހަމަ ޖެހިލައިފިއެވެ.
ގްރޫޕް ސީގައި ރޭ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިންގްލެންޑުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. އެއީ ފޯވާޑް ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ.
އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ދާދި ފަހުން މުގުރާލި ކޭން އަށް ރޭގެ މެޗުގެ ކުރިން ވަނީ އެ ރެކޯޑަށް ހާއްސަ ރަން ބޫޓެއް ދީފައެވެ. ރޭގެ ލަނޑާ އެކު ކޭން މި ވަނީ އިންގްލެންޑަށް 55 ލަނޑު ޖަހައިދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ ސަކާއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަކާ ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޖޯޑަން ހެންޑަސަންއެވެ. މިއީ ކޮލިފައިންގައި އިންގްލެންޑުގެ ދެ ވަނަ މޮޅެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ އިޓަލީ ގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައިފައެވެ. އެއާއެކު އެ މޮޅަކީ 1961 ވަނަ އަހަރުގެ ފަހުން ރަސްމީ މެޗެއްގައި އިޓަލީގެ ދަނޑުގައި އިންގްލެންޑަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން ވަނީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ކޭން ހެދުމާއެކު، އޭނާ އަށް ދެވުނު ޚާއްސަ ރަން ބޫޓު ދައްކާލުން ވެސް ކުރިއަށް ގެންގޮސްފައެވެ. ކޭން ވަނީ މިހާތަނަށް އިންގްލެންޑަށް 55 ލަނޑު ޖަހައިދީފައެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އިންގްލެންޑު އޮތީ މި ގްރޫޕްގެ އެއް ވަނައިގައެވެ. ކޮލިފައިންގައި އިންގްލެންޑަށް ދެން އޮންނާނީ ޖޫން މަހުގެ 16 ވަނަ ދުވަހު މަލްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.
ކޮމެންޓު ފޮނުވާ