މާޅޮހު ބަނދަރުގެ 71 އިންސައްތަ މަސައްކަތް ނިމިއްޖެ

މާޅޮހު ބަނދަރުގެ 71 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2023 04:07
0

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެމަޝްރޫއުގެ ދަށުން މުޅި މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ %90 ފުރިހަމަކުރެވިފައިކަމަށެވެ.

މާލޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.