ރެސިޕީ 10: ޓޫނާ ޕިއްޒާ

ރެސިޕީ 10: ޓޫނާ ޕިއްޒާ

އޮފީސް އަދި ސްކޫލުތައް އޮންނަ ދުވަހެއް ކަމުން ހުރިހާ މީހުންވެސް ބޭނުން ވާނީ ތަންކޮޅެއް ފަސޭހައި ތައްޔާރުކޮށްލެވޭ ފަދަ އެއްޗެއް ތައްޔާރުކޮށްލުމަށެވެ. ވަރަށް ބިޒީކޮށް އުޅެމުންވެސް ރޯދަ ވިއްލުމަށް ކޮންމެ ވެސް އެއްޗެއް ތައްޔާރުކޮށްލުމަކީ އެންމެވެސް ކުރާ ކަމެކެވެ.

އެހެން ކަމުން މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. މިއީ ހުރިހާ އެންމެނަށްވެސް ކަމުދާނެ އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް ވަނީ ވެފައެވެ. މިއަދު މި ގެނެސްދެނީ ޓުނާ ޕިއްޒާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

1 މިނީ ޕިއްޒާ ފުއްގަނޑު

1 ދަޅު ތެޔޮ މަސް

1 ޖޯޑު ފިޔާ (ކުދިކޮން ކޮށާފައި)

1/2 ޖޯޑު ކެޕްސިކަމް (ކުދިކޮން ކޮށާފައި)

1/2 ޖޯޑު ޕެޕާ ރަތް (ކުދިކޮން ކޮށާފައި)

2 ލޮނުމެދު (ޗޮޕް ކޮށްލައިފައި)

1/2 ޖޯޑު ލީގްސް (ތުނިކޮން ކޮށާފައި)

1/2 ޖޯޑު ކެރެޓް (ކުދިކޮން ކޮށާފައި)

2 ރޯ ޓޮމާޓޯ (ވައް ފޮއްޗަށް ކޮށާލައިފައި)

ލޮނު އަދި ޕެޕާ ޕައުޑަރު

މޮޒެރެލާ ޗީޒް

ޕިއްޒާ ސޯސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއް އުދުން މައްޗަށް އުދާށެވެ. އެއަށް ފަހު މަސްދަޅުގެ ތެޔޮ ކޮޅު އަޅައި ހޫނުވުމުން ފިޔާ ލުމެދު އަޅައި ވަޅޯ ކޮށްލާށެވެ. އެއަށް ފަހު ލީގްސް، ކެރެޓް، ޕެޕާ އަދި ކެޕްސިކަމް އަޅައި 50 ޕަސެންޓް އަށް ކަށްކައިލާށެވެ. އެއަށް ފަހު މަސްދަޅު އަދި ޕެޕާ ޕައުޑަރު ކޮޅު އަޅައި ލޮނު ހެޔޮވަރުކޮށްލުމަށް ފަހު އުދުން މަތިން ބާލާށެވެ.

އަވަން ޓްރޭއެއްގައި މިނީ 4 ޕިއްޒާ ފުއްގަނޑު އަތުރައިލާށެވެ. އެއަށް ފަހު މަތީގައި ޕިއްޒާ ސޯސް ކޮޅު އުނގުޅާ ލާށެވެ. ދެން އެއްވަރަށް ޗީޒްކޮޅު ބުރުވާލާށެވެ. އެއަށް ފަހު ތައްޔާރު ކުރި މަސްގަނޑުވެސް ޕިއްޒާގެ މައްޗަށް އަޅައިލުމަށްފަހު ފޮތޮކޮށްފައި ހުރި ރޯ ޓޯމާޓޯ ކޮޅުވެސް އަތުރާލާށެވެ. ދެން އަނެއްކައިވެސް މައްޗަށް ޗީޒް އަޅާލުމަށް ފަހު ފިހެލާށެވެ. ޗީޒް ކޮޅު ދިއާވަންދެން ފިހެވުމުން ހުންނާނީ ޕިއްޒާ ތައްޔާރު ވެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *