އިސްލާމިކް މިނިސްޓްރީގެ އައުޓްރީޗް ޕްރޮގްރާމް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާނެ

އިސްލާމިކް މިނިސްޓްރީގެ އައުޓްރީޗް ޕްރޮގްރާމް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާނެ

Author
އަޒްފާ ރަޝީދު
25 މާރޗް 2023 06:43
0

އިސްލާމިކް މިނިސްޓްރީން ރޯދަ މަހު ބާއްވާ އައުޓްރީޗް ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ހާއްސަ އެ ޕްރޮގްރާމް ކުރިއަށް ދާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށެވެ.

އެގޮތުން މިއަދުގެ ޕްރޮގްރާމް އެ ގަޑީގައި އިސްލާމީ މަރުކަޒުގެ މާބްލް ސަރަހައްދުގައި އޮންނާނެ އެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ތަފާތު ގޭމްތަކާއި ދީނީ ކައުންސެލިން އާއި އާއި ސުވާލާއި ޖަވާބު ސްޓޯލްތަކުގެ އިތުރުން ކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކަންކަން ހުންނާނެ އެވެ.

މީ ޕްރޮގްރާމްގައި ބައިވެރިވެގެން އިނާމުތަކާއި ހަދިޔާތައް ވެސް ހޯދޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.