ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް މޫސަ ގޮވާލައިފި

ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް މޫސަ ގޮވާލައިފި

ގުޅުންހުރި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް ދާދިފަހުން އެމްޑީޕީއާއި ގުޅުމަށްފަހު ރައީސް ޞާލިހުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މޫސާ މަނިކު ގޮވާލައިފިއެވެ.

ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ގެންދަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ހަރަކާތެއް ހިންގަމުންނެވެ. ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވަނީ އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީ ތަމްސީލުކުރާ ގޮތަށް ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމާއި ގުޅިގެން މޫސަ ވަނީ އެމްޑީޕީ ތެރެ ބައިބައި ކުރުމުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންވެސް މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރައްވާފައެވެ. އޭގެ ފަހުން މޫސަ ކުރި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޑިމޮކްރަޓިކް އަސާސްތަކާއި ޚިލާފަށް އެމްޑީޕީގެ ކުރީގެ ޗެއާ ހަސަން ލަތީފް ހިންގަމުންދާ އަމަލުތަކަކީ ޕާޓީން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކެއް ކަމުގައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ޕާޓީގެ އެއްބައިވަންތަކަމާއި ޑިމޮކްރަޓިކް ހުރިހާ ހަމަތަކުން ބުރަވެ، ޕާޓީއަށް ގެއްލުން ދިނުމުގެ މަޤުސަދާއި މަސައްކަތް ކުރާ ކުރީގެ ޗެއާޕަސަން ހަސަން ލަތީފަށް ފިޔަވަޅު އެޅުމަށް އެމްޑީޕީއަށް ގޮވާލަން.

– މޫސާ މަނިކު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށް ޖޭޕީވި ނަމަވެސް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވިއެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.

ޖޭޕީއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދައުވަތު ދެއްވާފައި އޮތް ނަމަވެސް އެކަމަށް ޖަވާބެއް ދެވޭނީ މި ދައުރުގައި ކަންތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ