ރޮނާލްޑޯ ރެކޯޑް މުގުރާލި މެޗުގައި ޕޯޗުގަލް އަށް ފަސޭހަ މޮޅެއް

ރޮނާލްޑޯ ރެކޯޑް މުގުރާލި މެޗުގައި ޕޯޗުގަލް އަށް ފަސޭހަ މޮޅެއް

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2023 01:30
0

ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޖޭގައި ލީޗްޓެންސްޓެއިންއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފިއެވެ.

ޕޯޗުގަލްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހަތަރު ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ޕޯޗުގަލްއަށް ލީޑު ނަގާދިނީ ޖާއޮ ކަންސޭލޯއެވެ.

މެޗްގެ 47 ވަނަ މިނެޓްގައި ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާދިނީ ބެނާޑޯ ސިލްވަރއެވެ. މިމެޗްގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހާދިނީ އެޓީމްގެ ތަޖްރިބާކާރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗްގެ 63 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީވެސް ރޮނާލްޑޯއެވެ.

މިކާމިޔާބީއާއެކު ޕޯޗިގަލްއިން އެޓީމްގެ ފެށުން ރަނގަޅު ކުރިއިރު އެޓީމްގެ ކެޕްޓަން ރޮނާލްޑޯ މިވަނީ އަނެއްކާ އިތުރު ރިކޯޑެއް ގާއިމް ކޮށްފައެވެ. މިގޮތުން އޭނާ ވަނީ ޤައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ރިކޯޑް ގާއިމްކޮށްފައެވެ. އޭނާވަނީ 197 މެޗް ޤައުމީ ޓީމަށް ކުޅެދީފައެވެ. މީގެއިތުރުން އޭނާ ވަނީ މިމެޗްގައި ކާމިޔާބުކުރި ދެލަނޑާއެކު 120 ލަނޑު ލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދީ އޭނާގެ ރިކޯޑް އިތުރަށް ހަރުދަނާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.