އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2023 11:54
0

އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހަށް ނިންމައި، ފްލެޓްތަކުގެ ހައްގުވެރިންނަށް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވަނީ ހުޅުމާލެ ފޭސް ދޭއްގައި 15 ބުރީގެ ތިން ޓަވަރު އިމާރަތް ކޮށްފައެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓާރީގެ 330 ފްލެޓެވެ. މި ފްލެޓްތަކަށް ޝަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން، ފްލެޓްތައް ލިބުނު މުވައްޒަފުންގެ ލިސްޓް އާންމުކޮށް ފްލެޓްތަކުގެ ގުރުއަތުލުންވެސް ވަނީ ބާއްވާފައެވެ. އަދި ޑައުންޕޭމަންޓްވެސް ފްލެޓް ލިބުނު މުވައްޒިފުން ވަނީ ދައްކާފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށާއި އެގޮތުން މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފްލެޓްތައް ހަވާލުކުރާއިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައިކަމަށެވެެ. އަދި އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

އެމްޕީއެލް ފްލެޓަކީ އެކި ތާރީހުތައް ދީ ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ފްލެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.