ފިލްމީ ތަރި ރިޝްފާ ދެވަނަ ކައިވެންޏެއް ކޮށްފި

ފިލްމީ ތަރި ރިޝްފާ ދެވަނަ ކައިވެންޏެއް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2023 11:46
0

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާ ދެވަނަ ކައިވެންޏެއްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އޭނަ ރޭ ކައިވެނިކުރީ ޔާން އަހުމަދު (ޔާނު) ކިޔާ މީހަކާއެވެ. ރިޝްފާގެ ކުރީގެ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެއެވެ.

ރިޝްފާއަކީ ފިލްމްތަކާއި، ބައެއް ސީރީސްތަކުންވެސް މޮޅު އެކްޓިންގއެއް ދެއްކި ތަރިއެކެެވެ.ރިޝްފާ ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކަށް ބަލާއިރު އަހްޝަމް، ނޭނގި ޔާރު ވަކިވީ، ހައްދު، ނިވައިރޯޅި ހިމެނެއެވެ.

މީގެ އިތުރުން އޭނާ ފެނިގެން ގޮސްފައިވާ ބައެއް ސީރީސްތަކަށް ބަލާއިރު، އަދިވެސް އެ ލޯތްބަށް ގަދަރުކުރަން، ވަކިވުމުގެ ކުރިން، އުމުރަށް ސަލާމްގެ އިތުރުން، ނަހުލާގެ ވެބް ސީރީސް ހުވާ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުމާ
3 ވަނަ އެއް ނޫންތަ؟ ޒަހީނަޓެއާވެސް އިނެއްނު؟؟؟
މ މޮޑެކްސް
ޙެޑްލައިން އެކަނިދޯ އިނގެނީ..މީގަ ނެތެއްނު ކައިވެންޏާ ބެހޭ އިތުރު މައުލޫމާތެއް.. ކުޅުނު ފިލްމުގެ އަދަދު މި އޮތީ
ހ ހަނޑި
ކިތަށް ދެވަނަ؟ �
އ އަލީ
3 ވަނަ ކައިވެނިހެން ހީވަނީ.