ޖަމާއަތަށް ނަމާދަށްދާ މީހުންގެ ވެހިކަލްތަކުގައި ސްޓިކާ ޖަހާ ޖޫރިމަނާ ކުރެވިގެން ނުވާނެ: މުއިއްޒު

ޖަމާއަތަށް ނަމާދަށްދާ މީހުންގެ ވެހިކަލްތަކުގައި ސްޓިކާ ޖަހާ ޖޫރިމަނާ ކުރެވިގެން ނުވާނެ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2023 10:31
0

ރޯދަމަހު ޖަމާޢަތަށް އަރާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

މޭޔަރ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން ކަމަށެވެ.

މިއާއިއެކު މޭޔަރ ވަނީ ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި އޮންނަ ވަގުތުގައި ސްޓިކާ ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ޖަމާޢަތް ގަޑީގައި، ޚާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން. މިގޮތަށް މިކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން!

– މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީގައި އެއްގަމު އުޅަނދު ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްނެތި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށްވެސް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުންވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.