ޖޭޕީގެ ވެރިން ދަނީ އެމްޑީޕީ ރޫޅާލުމުގެ މަސަތްކަތަށް ހިތްވަރުދެމުން: ރީކޯ މޫސަ

ޖޭޕީގެ ވެރިން ދަނީ އެމްޑީޕީ ރޫޅާލުމުގެ މަސަތްކަތަށް ހިތްވަރުދެމުން: ރީކޯ މޫސަ

ގުޅުންހުރި

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވެރިކަން ދަނީ އެމްޑީޕީ ރޫޅާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެމުން ކަމުގައި އެމްޑީޕީއާއި މިދިޔަ އަހަރު ފަހުކޮޅު ގުޅުނު އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީ ތަމްސީލުކުރާ ގޮތަށް ޖޭޕީއާއެކު ރޭ ކުރި މަޝްވަރާއަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އަމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ރިޔާޒަކީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރެއް ވެސް މެއެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ނަޝީދުގެ މަންދޫބުން މަޝްވަރާކުރިއެވެ. އަދި، އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމުގެ އިޝާރާތެއް ވެސް ދިނެވެ.

މިބައްދަލުވުމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ މިއީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއިވެސް ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ. އެމްޑީޕީ ތެރޭގައި އެޕާޓީ ބައިބައި ކޮށްލުމަށް ކުރަމުންދާ މަސައްކަތުގައި ޖޭޕީގެ ވެރިން ބައިވެރި ވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވަނީ ރޭގެ ބައްދަލުވުމަކީ 7 ފެބްރުއަރީ 2012ގައިި ފެނިގެންދިޔަ ފަދަ ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން ކުރިޔަސް އަދި އެހެން ޕާޓީ އަކުން ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް. އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއްނެތި އެ ޕާޓީގެ ބަޔަކު ގޮސްގެން ޖުމްހޫރީ ޕާޓީގެ ވެރިކަން އެމްޑީޕީ ރޫޅާލުމުގެ މަސަތްކަތަށް ހިތްވަރު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއިވެސް ޚިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއް! ކުޑަކޮށް 7 ފެބުރުއަރީ ސިފަވަނީ.

– ރީކޯ މޫސަ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށް ޖޭޕީވި ނަމަވެސް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވި އެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.

ރޭގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދައުވަތު ދެއްވާފައި އޮތް ނަމަވެސް އެކަމަށް ޖަވާބެއް ދެވޭނީ މި ދައުރުގައި ކަންތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ