ކާށީގެ އަގު އުފުލި، އަގު ހިފެހެއްޓުމަށް އެސްޓީއޯއިން ކާށި ޝިޕްމެންޓްއެއް އިމްޕޯރޓްކުރަނީ

ކާށީގެ އަގު އުފުލި، އަގު ހިފެހެއްޓުމަށް އެސްޓީއޯއިން ކާށި ޝިޕްމެންޓްއެއް އިމްޕޯރޓްކުރަނީ

Author
އަޒްފާ ރަޝީދު
23 މާރޗް 2023 08:34
0

ބާޒާރުގަ ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭން ބޭރުން ކާށި ޝިޕްމެންޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ވަނަ ދުވަހު ރާއްޖެ ވަންނާނެ ކަމަށެވެ. އަދި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި ރޯދަ މަހު ތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެކުންފުނިން ކުރަމުންދާ ކަމަށް އަމްރު ވިދާޅުވި އެވެ.

ރަށްރަށުން ކާށި ލިބުން މަދުވެ މާލޭ ބާޒާރުގައި ކާށީގެ އަގުވަނީ އިންތިހާއަށް އުފުލިފަ އެވެ. އެގޮތުން މިހާރު މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ޑިމާންޑަށް އަންނަ ބަދަލާ ގުޅިގެން ކޮންމެ ރޯދަމަހަކުވެސް އާންމު ގޮތެއްގައި ބާޒާރުގެ ތަކެތީގެ އަގު މައްޗަށްދެ އެވެ. އެކަމަށް ހައްލު ހޯދުމަށް އެސްޓީއޯ އިން މިހާރުވެސް އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމުން އެސްޓީއޯ އިން ވަނީ އިންޑިއާ އިން ލުނބޯ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.