ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފުުލުހުން ހަރަކާތްތެރިވާނެ

ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފުުލުހުން ހަރަކާތްތެރިވާނެ

Author
އަޒްފާ ރަޝީދު
22 މާރޗް 2023 04:36
0

ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން މަސައްކަތްކުރަމުންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ތެރެއިން މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް ބުނެފައިވެއެވެ.

އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.

މިއާއިއެކު ފުލުހުން ވަނީ ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާ ބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައެވެ.

މީގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.