ހައި ކޯޓުގެ އިސް ޤާޒީ ކަމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލި

ހައި ކޯޓުގެ އިސް ޤާޒީ ކަމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލި

Author
އަޒްފާ ރަޝީދު
22 މާރޗް 2023 02:43
0

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި މުއްދަތު ހަމަވިއިރު ވެސް އެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވިއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ކުރިން އިއުލާންކޮށްފައެވެ. އެކަމަށް ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ.

އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ކުރިމަތިނުލައްވަ އެވެ. އެ ކޯޓު ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާއެވެ.

މިއީ ރާއްޖޭގެ ދެވަނައަށް އެންމެ އިސް ކޯޓު ކަމަށްވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެއްވެސް ބޭފުޅަކު ވާދަ ނުކުރި ފުރަތަމަ ފަހަރެވެ. ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ވެސް ކުރިމަތިލީ އެންމެ ބޭފުޅަކު ކަމަށް އެނގިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ވެސް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފައެވެ. އެކަމަށް ހުޅުވާލި ފުރުސަތު އަދި ބަންދެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.