އިންޑިއާ ސަރުކާރުން ދިވެހި ސިފައިން ހިންގާ ސެނަހިޔާ ހޮސްޕިޓަލަށް ބައެއް ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.
އެކްސްރޭ މެޝިނަކާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެއް އިންޑިއާއިން ވަނީ ސެނަހިޔާއަށް ހަދިޔާކޮށްފައެވެ.
އިންޑިއާއިން އެ ތަކެތި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ އެވެ.
އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ވަނީ މިއަދު ހެނދުނު މާރިޔާގެ އޮފީހަށް ވަޑައިގެން ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އޭގެ ފަހުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބާއްވަމުން އަންނަ ޑިފެންސް ކޯޕަރޭޝަން ޑަޔޮލުގެ ރަސްމީ ވާހަކަތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މިއީ ޑިފެންސް ކޯޕަރޭޝަން ޑަޔަލޮގުގެ ދަށުން ކުރިއަށްގެންދިޔަ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުމެވެ. އެ މަޝްވަރާތަކުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކޮށށް، ސަލާމަތީ ރައްކާތެރިކަން އިތުރު ކުރުމެވެ.
ކޮމެންޓު ފޮނުވާ