ރަމަޟާން މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ތިން ޓަނު ކަރާ މާކެޓަށް ނެރެވޭނެ: އެގްރޯނެޓް

ރަމަޟާން މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ތިން ޓަނު ކަރާ މާކެޓަށް ނެރެވޭނެ: އެގްރޯނެޓް

Author
އަޒްފާ ރަޝީދު
20 މާރޗް 2023 09:46
0

ރަމަޟާން މަހަށް އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް ތިން ޓަނު ކަރާ މާކެޓަށް ނެރެވޭނެ ކަމަށް އެގްރޯނެޓުން ބުނެފިއެވެ. މިގޮތުން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައިވެސް ދުވާލެއްގެ މައްޗަށް ތިން ޓަނުގެ ކަރާ މާކެޓަށް ނެރޭ ކަމަށް އެފަރާތުން ހާމަކުރެއެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ތިން ޓަނުގެ ކަރާ މާކެޓަށް ނެރެވުނު ނަމަވެސް، ބައެއް ދުވަސް ދުވަހު އަށް ޓަނުގެ ކަރާ ވެސް މާކެޓަށް ނެރެވޭނެ ކަމަށާއި، އަދި މަދުން ނަމަވެސް ތިން ޓަނަށް ވުރެ މަދުން މާކެޓަށް ނެރެވޭ ދުވަސްތައް ވެސް އަންނާނެކަމަށް އެގްރޯ ނޭޝަނަލްއިން ބުނެފައިވެއެވެ.

މުޅި ރޯދަ މަހު އެއްކޮށް 150 ޓަނަށް ވުރެ ގިނަ ކަރާ މާކެޓަށް ނެރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

މި ވަގުތު އެގްރޯނެޓުން ކަރާ ކިލޯއެއް ހޯލްސޭލްކޮށް ޢާންމުންނަށް އަދި ވިޔަފާރިތަކަށް ވިއްކަމުން ދަނީ ކިލޯއެއް 18 ރުފިޔާގެ ރޭޓުންނެވެ. ކަރާ ގެންނަ ރަށްތަކުގެ ތެރޭގައި ގދ. ފިޔޯރި އަދި ތޮއްޑޫ ހިމެނެއެވެ.

ކަރާގެ އިތުރުން، ސްވީޓް ލެމަން އަދި ބާޓާނާއަށް ވެސް އޮންނަ ޑިމާންޑް ބޮޑުކަމަށް ޒަކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަހުގެ 19ވަނަ ދުވަހު އެކަނި ވެސް، މާކެޓަށް 200 ކިލޯގެ ބަޓާނާގެ އިތުރުން 700 ކިލޯގެ ސްވީޓް މެލަން މާކެޓަށް ނެރެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.